ދިވެހިރާއްޖެ
|
ނަންބަރު : (IUL)370-ESMS SC/370/2026/39 |
އިޢުލާން
ފ.ފީއަލީގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ކުރުމަށް ބިން ދޫކުރުމާ ގުޅޭ
ފ.ފީއަލީގެ ބިމުގެ އެކި ސަރަޙައްދުތަކުން ލޯކަލް ޓޫރިޒަމް ވިޔަފާރި ކުރުމަށްޓަކައި ބިންތައް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 10 ނޮވެމްބަރު 2026 އިން ފެށިގެން 30 ނޮވެމްބަރު 2026 ވާ ދުވަހުގެ 14:00 ގެ ނިޔަލަށް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓަރީވުމަށް ކޮންމެ ފަރާތަކުންވެސް -/3000 (ތިން ހާސް) ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަވަންވާނެއެވެ. ފައިސާ ދެއްކެވުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް/ރަސީދު މިއިދާރާގެ މެއިލް [email protected] އަށް ފޮނުއްވުމުން ބީލަމުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ.
- އެކައުންޓް ނަން: Secretariate of Feeali Council
- އެކައުންޓް ނަމްބަރު: 7730000044669
- ބޭންކް : ބޭންކް އޮފް މޯލްޑިވްސް (BML)
- ފައިސާ ޓްރާންސްފަރ ކުރާއިރު ރިމާކްސްގައި ލިޔުއްވާނީ: [ބިޑް ހުށަހަޅާފަރާތުގެ ނަން / ބިޑް ހުށަހެޅުމަށް ބޭނުންވާ ބިމުގެ ޕްލޮޓް ނަންބަރު " .
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 13 ޑިސެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަން ކަރުދާހުގެ 7.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ބީލަންވެރިޔާގެ ސޮޔާއެކު ލިޔެފައިވާ ޕަވަރ އޮފް އެޓާރނީ ނުވަތަ ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ހަމަނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ފޯނު ނަންބަރު 6740012 އަށް ގުޅުއްވުން އެދެމެވެ. މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތު މި އިޢުލާނާއި އެކުގައި އެޓޭޗް ކޮށްފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ.
10 ނޮވެމްބަރު 2026
އަޙްމަދު އިލްހާމް
ކައުންސިލްގެ ރައީސް