ބީލަން
ނަންބަރު: 930/IUL/2026/020
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި:
24 ނޮވެންބަރު 2026 13:30
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2027 ވަނަ އަހަރު ސްކޫލު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2027 ވަނަ އަހަރު މަކުނުދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކޮށްފައިވާނެއެވެ. އަދި ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.
- މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 2026ނޮވެންބަރ 10 އިން 2026 ނޮވެންބަރ 22ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/piAqtn57icHrtX3v6
- މި ބިޑާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 18 ނޮވެންބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލުގެ ލައިބްރަރީގައެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެންބަރ 22 ވަނަ ދުވަހުގެ 13:00 ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2026 ނޮވެންބަރ 24 ވާ އަންގާރަ ދުވަހުގެ 13:30 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529، އީ-މެއިލް: [email protected]
30 ޖުމާދަލްއޫލާ 1448
10 ނޮވެންބަރ 2026
މުޙައްމަދު ލުޠުފީ
ޕްރިންސިޕަލް
10 ނޮވެންބަރު 2026