ދިވެހިރާއްޖެ
ނަޑެއްލާ ސްކޫލުގެ އައު އިމާރާތުގެ ސްޓާފްރޫމުގެ ފަރުނީޗަރ ސަޕްލައިކޮށް އެސެންބްލް ކޮށްދެއްވާ ފަރާތެއް ހޯދުމާއިގުޅޭ
ި އިޢުލާނަކީ މިސުކޫލުން ކުރެވުނު އިޢުލާން ނަންބަރ GS204/NS/IUL/2026/11އަށް އެކަށޭނަ ބިޑެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ކުރެވޭ އިޢުލާނެކެވެ. އެގޮތުންމި ސްކޫލުގެ އައު އިމާރާތުގެ ސްޓާފުރޫމުގެ ފަރުނީޗަރ ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 17 ނޮވެންބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް ގޫގަލްފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ގޫގަލް ފޯމު :
https://forms.gle/AmQfNc3adgfSh8vG8
- ބީލަން ހުށަހެޅުން އޮންނާނީ 26 ނޮވެންބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލު ޕްރިންސިޕަލް ކެބިންގައެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ދެވިފައިވާ ބީލަންހުށަހެޅުމުގެ ސުންގަޑީގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނާނެއެވެ.
ނަޑެއްލާ ސްކޫލް
ގދ. ނަޑެއްލާ
ފޯން: 7900920/ 6840064
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
10 ނޮވެންބަރ 2026