ދިވެހިރާއްޖެ
ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ކޮންމެ ރަށަކުން ތަރިކަވެރިން އުފެއްދުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބޭހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އެމް.ކިއު.އޭ ލެވެލް 3 ގެ ސެޓްފިކެޓް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ މަޢުލޫމާތު:
މައިގަނޑު ބައިތައް: ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު
މުއްދަތު: 3 މަސް ދުވަސް
ކިޔަވައިދޭ ގޮތް: އޮންލައިންކޮށް
ފެށޭ ތާރީޚު: ޖެނުއަރީ 2027
ފުރުޞަތު: ހޮވޭ 3 ބައިވެރިންނަށް މުޅިން ހިލޭ
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ ނަމްބަރު 6780039 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.