ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)483-CA/1/2026/4
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 19 ނޮވެންބަރު 2026 10:00
ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އައިޓީ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ބޭނުންވާ ބައެއް އައިޓީ ސާމާނު ސަޕްލައިކޮށްދޭން ކުރި ނަންބަރު (IUL)483-CA/1/2026/3 އިޢުލާން އާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އަލުން އިޢުލާންކުރަމެވެ.

ވީމާ، އޮފީހަށް ބޭނުންވާ ބައެއް އައިޓީ ސާމާނު ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް (މ.ފިނިފަރު، 12 ވަނަ ފަނގިފިލާ / މަޖީދީމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހެޅުއްވުމަށާއި ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ހުރިހާ ބައެއް ޕްރޮޕޯސަލްގައި ހިމެނުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާންއާއި އެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 9829889 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ނޮވެންބަރު 2026