ދިވެހިރާއްޖެ
މިކޯޓްގެ ނަންބަރު (25-11-2026) 683-A/2026/188 އިޢުލާނާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް ކަންތައްތައް ފުރިހަމަވެފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް، މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް ރޫމްގައި ފަރުނީޗަރޖަހައި ހަރުކުރުމާއި އިމާރާތަށް ބައެއް ބަދަލުގަނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމާއި އިމާރާތައް ބައެއް ބަދަލުގެނައުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް/ ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
|
މަޢުލޫމާތު ސާފުކުރުން |
19 ނޮވެމްބަރ 2026 (ބުރާސްފަތި) |
11:00 |
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު |
|
އަންދާސީ ހިސާބު ހުށަހެޅުން |
23 ނޮވެމްބަރ 2026 (ހޯމަ) |
11:00 |
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.