ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2026/69
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:08
ސުންގަޑި: 23 ނޮވެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ވަނަ ދިރާސީ އަހަރަށް ލިޓުލް ލަރނަރސް ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

ލިޓުލް ލަރނަރސް ޕްރީސްކޫލުގެ 2027 ވަނަ ދިރާސީ އަހަރަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް ނަންނޯޓު ކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

މި މަރުޙަލާއަށް ދަރިވަރުން ވެއްދުމުގައި ޢުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

 

މަރުޙަލާ

އުމުރުފުރާ

ބޭބީ ނަރސަރީ

31 ޑިސެމްބަރު 2026 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނަރސަރީ

31 ޑިސެމްބަރު 2026 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ، ޕްރީސްކޫލަށް ވެއްދުމަށް އެދޭ ފަރާތްތަކުން 23 ނޮވެމްބަރު 2026 (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.

ފޯމު ހުށަހަޅާ ލިންކް:
https://faresmaathodaa.gov.mv/services/form-submissions/create/preschool-registration

އޮންލައިންކޮށް ފޯމު ފުރުމުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6840004 އާ ގުޅުއްވުން އެދެމެވެ. އަދި ރަސްމީ ގަޑީގައި މި ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން ފޯމު ފުރުމުގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ނޮވެންބަރު 2026