ދިވެހިރާއްޖެ
ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ލޮބުވެތި ރައްޔިތުންނާ ޙިއްޞާކޮށް، ރައްޔިތުންގެ އަޑު އަހައި ޚިޔާލު ހޯދުމަށްޓަކައި ޚާއްޞަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ އިންތިޒާމުތަކާއެކު، ރައްޔިތުންނާ ވީހާވެސް ގާތުން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެކެވެ.
ބައްދަލުވުންތަކުގެ ތާވަލު
|
ތާރީޚް |
ދުވަސް |
ވަގުތު |
ތަން |
|
16 ނޮވެމްބަރ 2026 |
ހޯމަ |
16:00އިން 18:00 އަށް |
ހެރަހަމަގު ބަގީޗާ |
|
17 ނޮވެމްބަރ 2026 |
އަންގާރަ |
16:00އިން 18:00 އަށް |
ޕިކްނިކް އޭރިއާ |
|
18 ނޮވެމްބަރ 2026 |
ބުދަ |
16:00އިން 18:00 އަށް |
ތުންޑޭ ކޮޑާ |
|
19 ނޮވެމްބަރ 2026 |
ބުރާސްފަތި |
16:00އިން 18:00 އަށް |
ފިނި އައްސޭރި |
ރަށުގެ ކުރިމަގު ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ މި ކައުންސިލްގެ އެންމެ ބޮޑު އަމާޒެވެ. ވީމާ، މި މުހިންމު ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ލޮބުވެތި ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- ކައުންސިލުން ހިންގާފައިވާ އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި ޙަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓް ހުށަހެޅުން.
- ކައުންސިލްގެ ތަރައްޤީގެ ޕްލޭން ރައްޔިތުންނާ ޙިއްޞާކުރުމާއި، އެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުން.
- ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމުގައި މަޝްވަރާކުރުން.
- ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވުން.