ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/371
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 16:31
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު– 07 ސެޕްޓެމްބަރ 2013

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2013 ސެޕްޓެމްބަރ 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 14 ވަނަ މާއްދާ އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންނާ ބެހޭ މަޢުލޫމާތު ޢާންމުކޮށް އިޢުލާން ކުރަމެވެ.

 

ކެންޑިޑޭޓް ނަންބަރު 1

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް، މ. މާފަންނުވިލާ، މާލެ

އަދި އޭނާގެ ނައިބު ޑރ. ޙަސަން ސަޢީދު، ދިއްގާގަސްދޮށުގެ، ސ. ފޭދޫ

ރަސްމީ އިންތިޚާބީ އޭޖެންޓް: އިލްހާމް އަޙްމަދު، އޯކިޑުމާގެ، ގއ. ގެމަނަފުށި

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މ. މާފަންނުވިލާ، މާލެ

 

 

 

ކެންޑިޑޭޓް ނަންބަރު 2

އަމިއްލަގޮތުން ކުރިމަތިލި ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު ވަޙީދު ޙަސަން، މއ. ޔުރީކާ، މާލެ

އަދި އޭނާގެ ނައިބު އަޙްމަދު ތަސްމީން ޢަލީ، ހ. ރުވާމާގެ، މާލެ

ރަސްމީ އިންތިޚާބީ އޭޖެންޓް: އަޙްމަދު ތައުފީޤު، ހ. ހާޖަރާގެ، މާލެ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މއ. ޔުރީކާ، މާލެ

 

 

ކެންޑިޑޭޓް ނަންބަރު 3

 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،                 މއ. ކާމިނީހުޅަގުގެ،  މާލެ

އަދި އޭނާގެ ނައިބު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ދޫޑިގަން. އީސްޓުލައިޓް، ޏ. ފުވައްމުލައް

ރަސްމީ އިންތިޚާބީ އޭޖެންޓް: ޢަބްދުﷲ އަމީން، ރޯސްމާގެ، ގދ. ގައްދޫ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް،  ހ. ތެމާ، މާލެ

 

 

 

ކެންޑިޑޭޓް ނަންބަރު 4

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މުޙައްމަދު ނަޝީދު، ގ. ކެނެރީގެ، މާލެ

އަދި އޭނާގެ ނައިބު ޑރ. މުޞްޠަފާ ލުޠުފީ، ބަހާރުގެ، ސ. ހިތަދޫ

ރަސްމީ އިންތިޚާބީ އޭޖެންޓް: ޙަސަން ލަޠީފް، ހ. ސީވީޑް، މާލެ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް،

ގ. ނިލާވެލި، 1 ވަނަ ފަންގިފިލާ

 

 

 

20  ރަމަޟާން  1434

28 ޖުލައި 2013