ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/161
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 18 ނޮވެންބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ-އައިސްޕްލާންޓް/އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާރޓްމަންޓް/މާލެ ބޭސްޑް ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު                  


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ކޭޝިއަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން

އައިސްޕްލާންޓް/އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާރޓްމަންޓް/މާލެ ބޭސްޑް ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ

 އަސާސީ މުސާރަ:4،225.00 ރުފިޔާ

ސާރވިސް އެލަވަންސް:2،535.00 ރުފިޔާ (އަސާސީ މުސާރައިގެ %60)

މިނިމަމްވޭޖް އެލަވަންސް:2،746.25 ރުފިޔާ (އަސާސީ މުސާރައިގެ %65)

އިތުރު ޢިނާޔަތްތައް

 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިގެންދާނެއެވެ.

ޝަރުޠު

 މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

  • ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި، ކުރެވޭ ޚަރަދުތަކާއި، އައިސް ވިއްކުމާއި އަދި މަސް ގަތުމުގެ މުޢާމަލާތްތަކުގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުން.
  • ކަސްޓަމަރުންނަށާއި މަސްކިރާ އުޅަނދުފަހަރަށް އައިސް ވިއްކުމުގެ ކަންކަން ބެލެހެއްޓުމާއި، ވިއްކާ މިންވަރާއި ލިބޭ ފައިސާގެ ރެކޯޑުތައް ސައްހަކަމާއެކު ބެލެހެއްޓުން.
  • އައިސް ޕްލާންޓްގެ ދުވަހުން ދުވަހުގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އައިސް އުފެއްދުމާއި، ރައްކާކުރުމާއި، އަދި އައިސް ދޫކުރުމުގެ ކަންކަން މޮނިޓާކޮށް ބެލެހެއްޓުން.
  • ބަލައިގަންނަ މަހާއި، ވިއްކާ އައިސް އަދި އެހެނިހެން މުޢާމަލާތްތަކާ ގުޅޭ ދުވަހުގެ ރެކޯޑުތައް (ޓެލީ ޝީޓް) ތައްޔާރުކޮށް ބެލެހެއްޓުން.
  • މަސައްކަތްކުރާ ސައިޓުގައި މަސް ގަތުމުގެ ކަންކަން އިސްވެ ހިންގުމާއި، ގަންނަ މަހުގެ ބަރުދަން ކަށަވަރުކުރުމާއި، އަދި މަސް ގަތުމުގެ މުޢާމަލާތްތަކުގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުން.
  • ދުވަހުގެ ޚުލާޞާ ރިޕޯޓުތަކާއި މަސް ގަތުމުގެ ރިޕޯޓުތައް ތައްޔާރުކޮށް، ކަމާބެހޭ މެނޭޖްމަންޓަށް ގަވާއިދުން ހުށަހެޅުން.
  • މުޢާމަލާތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުމާއި، މަސައްކަތުގައި ދިމާވާ އެއްވެސް މައްސަލައެއް ނުވަތަ ހިސާބުތަކުގައި ފަރަގެއް ހުރިނަމަ އެކަން މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން.

އިންޓަރވިއުކުރުން

 އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

 ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

- ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ ނުވަތަ އީމެއިލް ކުރައްވާނީ

[email protected]  އަށެވެ.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ނޮވެންބަރު 2026 ވަނަ ދުވަހު މެންދުރު  12:00 ގެ ކުރިންނެވެ.

 މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް:މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ނޮވެންބަރު 2026