މަސައްކަތް
ނަންބަރު: (IUL) PSM-FP/ PSM/2026/241
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 23 ނޮވެންބަރު 2026 11:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ޓްރޮފީ (ޝީލްޑް) އަދި ހަނދާނީ ފިލާ (A3 ސައިޒުގެ ފްރޭމް) ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ 

(IUL) PSM-FP/ PSM/2026/241

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ 

(PROC-42-26) GSRF-PSM-PJ/2026/20

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

   މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ޓްރޮފީ (ޝީލްޑް) އަދި ހަނދާނީ ފިލާ (A3  ސައިޒުގެ ފްރޭމް) ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

   ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް، ބުރުޒުމަގުގައި ހުންނަ ޓީވީއެމް ބިލްޑިންގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު (ޕްރޮޕޯސަލް) ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން: 16 ނޮވެންބަރު 2026 (ހޯމަ) ދުވަހުގެ 11:00 ގައި
  • ޕްރޮޕޯސަލް ހުށަހެޅުން: 23 ނޮވެންބަރު 2026 (ހޯމަ) ދުވަހުގެ 11:00 ގައި

   ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ މި ކުންފުނިން ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠުތަކާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހުގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ނޮވެންބަރު 2026