ވަޒީފާގެ ފުރުޞަތު
ނަންބަރު: GS72/IUL/2016/12
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި:
07 މާރިޗު 2016 14:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަގާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު: 3 (ތިނެއް)
|
ސެކްޝަން: އެޑްމިން
|
މަޤާގާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 4
|
މުސާރަ:
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް:
|
ހަމަޖެހިފައި އޮންނަ ޢުުޞޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ޢަފީފުއްދީން ސްކޫލް
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން.
- ވަޒީފާ ބަޔާން ތައްޔާރުކުރުން.
- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- ސްކޫލުގެ ޔައުމިއްޔާއާއި އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ތައްޔާރުކޮށް ފައިލްކުރުން.
- މުވައްޒަފުންގެ ޕާސަނަލް ފައިލް ތައްޔާރުކޮށް، ލިޔުންތައް ފުރިހަމަކޮށް، ފައިލްކުރުން.
- ލިޔެކިޔުމުގެގޮތުގައި ލިބޭ އެންމެހައި ތަކެތި އެންޓްރީކޮށް، އިސްވެރިޔާއަށް ދުވަހުން ދުވަހަށް ހުށަހެޅުން.
- އެންޓްރީކުރެވިފައިވާ ތަކެތީގެ އަސްލާއި ކޮޕީތައް އެ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
- ދަރިވަރުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ދަރިވަރުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސްކޫލުގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސްކޫލް ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
- ސްކޫލުން ގެޔަށް ފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި، އެ ދަރިވަރުންގެ ގެޔަށް ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުން.
- ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.
- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
|
މަގާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު: 2 (ދޭއް)
|
ސެކްޝަން: ބަޖެޓް
|
މަޤާގާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 4
|
މުސާރަ:
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް:
|
ހަމަޖެހިފައި އޮންނަ ޢުުޞޫލުތަކުގެދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
މަޤާމުގެ ޝަރުޠު:
|
- އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ރަސްމީ ބަޖެޓާއި، ސްކޫލުގެ ފައިސާއާބެހޭ އެހެނިހެން އެންމެހައި ލިޔެ ކިޔުންތައް، ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތެއްގެމަތިން ލިޔެ ބެލެހެއްޓުން.
- ބިލްތައް އެންޓަރކޮށް އޯޑަރ ފޯމު އެޓޭޗްކުރުން.
- ޕޭމެންޓް ވައުޗަރތައް އެސް އޭ ޕީ އަށް އެންޓަރކުރުމާއި، ޕޯސްޓް ކުރުވުން.
- ސަރކިއުލަރތައް އަޕްލޯޑް ކުރުވުން.
- އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ފައިސާއާބެހޭ ރިޕޯޓްތަކާއި ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
- ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި، ތަކެއްޗާއި، އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ، އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
- ސަޕޯޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.
- އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
|
މި ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.
|
ހުށަހަޅަން ޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 12 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ޢަފީފުއްދީން ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޢަފީފުއްދީން ސްކޫލަށެވެ.
- މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 7 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ޢަފީފުއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުވާ ފަރާތްތަކުން ޢަފީފުއްދީން ސްކޫލުގެ 6528041 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
19 ޖުމާދަލްއޫލާ 1437