ނީލަން
ނަންބަރު: (IUL)138-DS2/138/2016/12
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 10 މާރިޗު 2016 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޓީވީ ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް އާންމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭ

އިޢްލާން

ޓީވީ ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް  ޢާއްމުކޮށް ހުޅުވާލެވިގެން ވިއްކުމާ ބެހޭ

ސަރުކާރުގެ "ގެދޮރުވެރިކަމުން ހިތްފަސޭހަ ދިރިއުޅުން" ސިޔާސަތުގެ ދަށުން ޓީވީ ކޮށީގައި އެފް.ޑަބްލިޔޫ. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯރ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ރެހެންދި 1ގެ 1 ފްލެޓް އަދި ރެހެންދި 3 ގެ 10 ފްލެޓް ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު (ޕްރޮޕޯސަލް) މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށައަޅުއްވާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ ބޭރުގައި، އަންދާސީހިސާބު ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި "ޓީވީ ކޮށީގައި އިމާރާތް ކުރެވިފައިވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތަކުން ފްލެޓެއް ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ކަނޑައި ބަލައިގަތުން އޮންނާނީ، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި، ހުށަހަޅުއްވާ ގަޑީގައެވެ. (2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި)

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު، އެ ފަރާތުގެ މުއްދަތު ހަމަނުވާ އައި ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓު: ކޮންމެ މީހެއްގެ ނަމުގައި ގަތުމަށް ހުށަހެޅޭނީ 1 ފްލެޓެވެ.

ފްލެޓް ގަތުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް:

- ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތުގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލީ އަވަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތުން 

- ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން ފްލެޓްގެ އަގުގެ %25  ދެއްކޭނެ ފަރާތަކަށް ވުން

ހުށަހަޅާ ޕްރޮޕޯރސަލް އިވެލުއޭޓް ކުރެވޭ ގޮތް:

ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތައް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

1. ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ހުށަހަޅާ ފަރާތްތަކަށް އެންމެ ބޮޑަށް އިސްކަންދިނުން.

2. ފްލެޓްގެ އަގު އެއްފަހަރާ ދެއްކެން ނެތް ފަރާތްތަކުގެ ތެރެއިން ޑައުންޕޭމަންޓްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޑައުންޕޭމަންޓް ދައްކަން ހުށަހަޅަންވާނީ އެއްފަހަރާއެވެ. އަދި ބާކީ ފައިސާ، ފްލެޓް ގަންނަން ހުށަހަޅާ ފަރާތުގެ ނަމުގައި ސަރުކާރަށް ދެއްކުމަށް ގެރެންޓީ ދޭ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިއުޓެއްގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

3. ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

- ޑައުންޕޭމަންޓް % 25 އަށްވުރެ ދަށުން ދެއްކުމަށް ހުށަހަޅާ ފަރާތްތަކަށް 0 ޕޮއިންޓް

- ޑައުންޕޭމަންޓް % 25 އިން ފެށިގެން % 100 އާ ދޭތެރޭގައި ދެއްކުމަށް ހުށަހަޅާ % އަކާ އެއްވަރަށް ޕޮއިންޓް ދިނުން. މިގޮތުން ޕޮއިންޓް ދެވޭނީ 25 ޕޮއިންޓުން ފެށިގެން 100 ޕޮއިންޓާ ދެމެދުގެ އަދަދެކެވެ.

ނޯޓް:

  • ޕޮއިންޓް އުސޫލުން މާރކްސް ދިނުމަށްފަހު، ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ތަރުތީބަށް އިސްކަންދީގެންނެވެ.
  • ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ހުށަހަޅާ ފަރާތްތައް ވިއްކަން ކަނޑައަޅާފައިވާ ފްލެޓަށް ވުރެ ގިނަނަމަ، ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

މި އިއުލާނާ ގުޅޭ އިތުރު މަޢުލޫމާތާއި ފްލެޓްގެ އަގު، 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދޫކުރެވޭ މަޢުލޫމާތު ޝީޓުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.       

03 މާރިޗު 2016