ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2026/53
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 19 ނޮވެންބަރު 2026 12:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހު ތަރާވީޙް ނަމާދުކުރާނެ ކުދިން ހޯދުން

            1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހު މި ރަށުގެ މިސްކިތްތަކުގައި އިމާމްވެ، ތަރާވީޙް ނަމާދުކުރުމަށް ޝަޢުޤުވެރިވާ ކުދިން ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މި ކަމަށް ޝައުޤުވެރިކަން ހުރި، މަދުވެގެން ކީރިތި ޤުރުއާނުގެ 3 ފޮތް ހިތުދަސް ކުދިން  2026 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރެއްވުން އެދެމެވެ.

            ފޯމް ފުރިހަމަ ކުރައްވާއިރު، 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ފޯމްފުރިމަކުރަންވާނީ އެކުއްޖެއްގެ ބެލެނިވެރިޔާއެވެ.

 

https://forms.cloud.microsoft/r/4Ew6pwxzNZ?origin=lprLink

 

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.           

09 ނޮވެންބަރު 2026