ދިވެހިރާއްޖެ
މި މުބާރާތަކީ ގއ. ވިލިނގިލީގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް ބިނާކުރުމާއި، ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މީގެއިތުރުން، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކޮށް، ފުޓްސަލް ކުޅިވަރަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، މި ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ޑިސެންބަރު 2026 ވާ ހޯމަ ދުވަހުއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން، 2026 ނޮވެމްބަރ 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމުގެ ލިންކު މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.
https://forms.gle/VhBiHfixTmZecSnD9