ޢާންމު މަޢުލޫމާތު
ނަންބަރު: 543-A/2026/13
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 16 ނޮވެންބަރު 2026 14:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އިޞްލާޙް ކުރެވިފައި

ނަމްބަރ: 543-A/2026/13

އިޢުލާން

 

 

          ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އިޞްލާޙް ކުރެވިފައި

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް ގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ 543-A/2026/05 (01 އޮކްޓޯބަރ 2026) އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް މި އިޢުލާނާއެކު ޢާންމުކުރީމެވެ.

މި ޝީޓްގައިވާ މަޢުލޫމާތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް އިން ޝަކުވާ ހުށަހެޅުއްވުމަށް މެއިލްކުރައްވާނީ [email protected] އަށެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި ކޯޓުގެ ނަންބަރު 6540657 ފޯނަށް ގުޅުއްވުން އެދެމެވެ.

29  ޖުމާދަލްއޫލާ 1448

09  ނޮވެންބަރ 2026

09 ނޮވެންބަރު 2026