ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2013/382
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 16:31
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2013 ގެ ރަޖިސްޓްރޭޝަން މައި މަރުކަޒުން އާންމު ފަރާތްތަކާއި ގުޅޭނެ ފޯނުނަންބަރުތައް

މި ކޮމިޝަންގެ ނަންބަރު (A)EA-2013/362 (25 ޖުލައި 2013) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާ ދީފައިވާ އިޢުލާނުގައިވާ ނަންބަރު ތަކުގެ އިތުރުން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއި ބެހޭގޮތުން އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވުމާއި ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުން އާންމު ފަރާތްތަކަށް ތިރީގައިވާ ނަންބަރުންވެސް ގުޅަމުންދާނެއެވެ.

  1. 7921698

އަދި ދަންނަންވަމެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނާއި ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް 3010514 ނަންބަރުން ގުޅަމުންދާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ރަމަޟާން 1434

29 ޖުލައި 2013