ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2026/250
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 11 ނޮވެންބަރު 2026 23:59
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1448 ގައި ބައިވެރިވުމަށް ހުޅުވާލުން.

ނަންބަރު: (IUL)425-A1/1/2026/250

       

އިޢުލާން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1448 ގައި ބައިވެރިވުމަށް ހުޅުވާލުން

                 މިކައުންސިލްގެ ނަންބަރު: (IUL)425-A1/1/2026/240 (21 އޮކްޓޫބަރު 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

                 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ވަރަށްގިނަ ބެލެނިވެރިންގެ އެދުމުގެ މަތިންވަނީ 2 ވަނަ ފަހަރަށް ހުޅުވާލެވިފައެވެ.

                 ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.  ކޮންމެ ގޮތްޕެއްގައި ވެސް  6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ  6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

                މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. (މިޢުމުފުރާގެ ދަރިވަރުންނަށް ޚަތިމުން ބޭނުންކޮންމެ ތަނެއް 5-7 ފޮޅުވަތުގެ މިންވަރަށް ކިޔެވޭނެއެވެ.) އެ ނޫން  ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، ކޮންމެ ގޮތްޕަކުން 1 ވަނަ ، 2 ވަނަ  3 ވަނަ 4 ވަނަ އަދި 5 ވަނަ ހޮވާނެއެވެ. ޤްރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ޢުމުރުފުރާގެ އެއް ގޮފީގައެވެ.

 މިމުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

 މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން:

1        ވަނަ   -/10000ރ، ޓްރޮފީއާއި ސެޓްފިކެޓް

2        ވަނަ   -/7000ރ، ޕްލާކާއި ސެޓްފިކެޓް

3        ވަނަ   -/5000ރ، ޕްލާކާއި  ސެޓްފިކެޓް

4        ވަނަ   -/3000ރ، ސެޓްފިކެޓް

5        ވަނަ -/2000ރ، ސެޓްފިކެޓް

މުބާރާތުގެ ސީނިއަރ ގުރޫޕާއި ޖޫނިއަރ ގުރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:

1ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް

  2ވަނަ -/10000ރ، ޕްލާކާއި ސެޓްފިކެޓް

3ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް

4  ވަނަ -/5000ރ، ސެޓްފިކެޓް

5      ވަނަ -/3000ރ، ސެޓްފިކެޓް

މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:

1 ވަނަ -/50000ރ، ޓްރޮފީއާއި ސެޓްފިކެޓް

2 ވަނަ -/25000ރ، ޓްރޮފީއާއި ސެޓްފިކެޓް

3 ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް

4        ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް

5        ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް

            މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް، 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

           މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ.  އެ ނޫން  ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގުރޫޕަކުންނާއި، މުޅި މުބާރާތުން 1 ވަނަ ، 2 ވަނަ  3 ވަނަ، 4 ވަނަ، 5 ވަނަ ހޮވޭނެއެވެ.

މި މުބާރާތުގެ ވަނަ ޙާޞިލް ކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

 މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން:

1        ވަނަ -/10000ރ، ޓްރޮފީއާއި ސެޓްފިކެޓް

2        ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް

3        ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް

4        ވަނަ -/3000ރ، ސެޓްފިކެޓް

5        ވަނަ -/2000ރ، ސެޓްފިކެޓް

މުބާރާތުގެ ސީނިއަރ ގުރޫޕާއި ޖޫނިއަރ ގުރޫޕުން:

1        ވަނަ -/15000ރ ޓްރޮފީ އާއި ސެޓްފިކެޓް

2        ވަނަ -/10000ރ، ޕްލާކާއި ސެޓްފިކެޓް

3        ވަނަ  -/7000ރ، ޕްލާކާއި ސެޓްފިކެޓް

4        ވަނަ -/5000ރ، ސެޓްފިކެޓް

5        ވަނަ -/3000ރ، ސެޓްފިކެޓް

 

މުބާރާތުގެ ދެގުރޫޕު އެއްކޮށް، މުޅި މުބާރާތުން:

1ވަނަ -/50000ރ، ޓްރޮފީއާއި ސެޓްފިކެޓް

2ވަނަ -/25000ރ، ޓްރޮފީއާއި ސެޓްފިކެޓް

3ވަނަ -/15000ރ، ޓްރޮފީއާއި ސެޓްފިކެޓް

4ވަނަ -/7000ރ، ޕްލާކާއި ސެޓްފިކެޓް

5ވަނަ -/5000ރ، ޕްލާކާއި ސެޓްފިކެޓް

 

               މި ދެ މުބާރާތުގެ ޖޫނިއަރ ގުރޫޕް ކަމުގައި ބަލާނީ 9 އަހަރުންދަށާއި، 11 އަހަރުންދަށުގެ ޢުމުރުފުރާއެވެ. ސީނިއަރ ގުރޫޕް ކަމުގައި ބަލާނީ، 13 އަހަރުންދަށާއި، 16 އަހަރުންދަށާއި، 19 އަހަރުން ދަށެވެ

 

                މި ދެމުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން https://competitions.malecity.gov.mv

މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.  މި ދެމުބާރާތުގެ އުޞޫލްތަކާއި މުޤައްރަރު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ކިޔަވަންޖެހޭނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މުޤައްރަރަށެވެ. 

          މި ދެ  މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ކުރެވިފައިވަނީ (މިއަދު) 08 ނޮވެންބަރު 2026 ވަނަ ދުވަހުން ފެށިގެން 11 ނޮވެންބަރު 2026 ގެ 23.59 ގެ ނިޔަލަށެވެ.

            މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުންއެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 ޖުމާދަލްއޫލާ 1448

08 ނޮވެމްބަރު 2026

 

 

08 ނޮވެންބަރު 2026