ކުއްޔަށް ދިނުން
ނަންބަރު: (IUL)305-ME305/305/2026/175
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 22 ނޮވެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ރ. މާކުރަތުން ބިޑް އުޞޫލުން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ތެލުގެ ވިޔަފާރި ކުރުމަށް ރ. މާކުރަތުން ބިޑް އުޞޫލުން ބިން ކުއްޔަށް ދޫކުރުން

މި ކައުންސިލްގެ "ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް" އާއި އެއްގޮތްވާ ގޮތުގެ މަތިން، ރ. މާކުރަތު ލޭންޑްޔޫސް ޕްލޭންގައި ތެލުގެ ވިޔަފާރި ކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުން، އެ ވިޔަފާރި ކުރުމަށް 2 (ދޭއް) ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ތެލުގެ ވިޔަފާރި ކުރުމަށް އުތުރުފަރާތު ބަނދަރު، އިރުމަތީ ތޮށި ކައިރިން ދޫކުރުމަށް ހަމަޖެހިފައިވާ ދެބިން

ނަންބަރު:

ޕްލޮޓް ނަންބަރު

ބިމުގެ ބޮޑުމިން

ކުލި، އަކަފޫޓަކަށް (ފެށޭ އަގު)

މުއްދަތު

01

FS1

އުތުރު ބިން

'30×'67 (2010އަކަފޫޓް)

-/1ރުފިޔާ (އަކަފޫޓަކަށް)

25(ފަންސަވީސް) އަހަރުދުވަސް

02

FS2

ދެކުނު ބިން

'30×'67 (2010އަކަފޫޓް)

-/1ރުފިޔާ (އަކަފޫޓަކަށް)

25(ފަންސަވީސް) އަހަރުދުވަސް

ވީމާ، ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ބައިވެރިވެވަޑައިގަތުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބިޑް ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 16 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، މި އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

ރ. މާކުރަތު ކައުންސިލުގެ އިދާރާ

ހޯމަ

16 ނޮވެމްބަރު 2026

13:00ގެ ކުރިން

ބިޑް ހުށަހެޅުން

ރ. މާކުރަތު ކައުންސިލުގެ އިދާރާ

އާދިއްތަ

22 ނޮވެމްބަރު 2026

 13:00

ބީލަމުގައި ރަޖިސްޓަރީވުމަށްޓަކައި، ބިޑް ރަޖިސްޓްރީކުރާ ފޯމު މި އިދާރާގެ އީމެއިލް   [email protected]  ނުވަތަ  [email protected]  އަށް ފޮނުވުމުން ވެސް ބަލައިގަނެވޭނެއެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވުން ނުވަތަ [email protected] / [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމީމެވެ.

25 ޖުމާދަލްއޫލާ 1448

05 ނޮވެންބަރު 2026