މަސައްކަތް
ނަންބަރު: GS-138/IUL/2016/P3
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 10 މާރިޗު 2016 14:30
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ފާޚާނާ ޢިމާރާތްކުރުމާ ގުޅޭ

އިޢުލާން

ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ފާޚާނާ ޢިމާރާތްކުރުމާ ގުޅޭ:

މި ސްކޫލުގެ ނަންބަރު GS-138/IUL/2015/P79-4 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ އެކުދިން ބޭނުންކުރުމަށް ޚާއްޞަ ފާޚާނާއެއް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާފައިވާ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް އިމާރާތްކުރަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2016 ގެ 14:30 ގައި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރިޗު 2016 ގެ 14:30 ގައި ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ މި ގަޑީގައެވެ. 

22 ފެބުރުވަރީ 2016