މަސައްކަތް
ނަންބަރު: GS-138/IUL/2016/P4
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 10 މާރިޗު 2016 11:30
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ކުޅޭ ސާމާނު ހެދުމާގުޅޭ

އިޢުލާން

ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ކުޅޭ ސާމާނު ހެދުމާގުޅޭ:

މި ސްކޫލުގެ ނަންބަރު GS-138/IUL/2015/P80-4 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ އެކުދިން ބޭނުންކުރުމަށް ޚާއްޞަ ކުޅިވަރު ސާމާނާއި ތަކެތި ހަދަން ވަނީ ބޭނުންވެފައެވެ. ވީމާ، މިކަމަކަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2016 ގެ 11:30 ގައި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރިޗު 2016 ގެ 11:30 ގައި ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ މި ގަޑީގައެވެ.

22 ފެބުރުވަރީ 2016