ބީލަން
ނަންބަރު: (IUL)304-CA/304/2026/115
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 15 ނޮވެންބަރު 2026 10:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ގުދަން އަދި ވެހިކަލް ގަރާޖު ޢިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލްގެ ގުދަން އަދި ވެހިކަލް ގަރާޖު ޢިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ޢިއުލާން ކުރީމެވެ.  ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން  2026 ނޮވެމްބަރ 08 ވަނަ ދުވަހުން ފެށިގެން 2026 ނޮވެމްބަރ 15  ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރޭޝަން

15 ނޮވެމްބަރ 2026

އާދީއްތަ

10:00 ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

19 ނޮވެމްބަރ 2026

ބުރާސްފަތި

10:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

28 ޖުމާދަލްއޫލާ 1448

08 ނޮވެންބަރު 2026