މަސައްކަތް
ނަންބަރު: 411-B/IUL/2016/5
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 10 މާރިޗު 2016 11:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެއްވަދޫ ސްޕޯޓްސް އެރީނާގައި ޤާއިމުކުރާ ބަށިކޯޓު އެޅުމާބެހޭ

އިޢުލާން

ދެއްވަދޫ ސްޕޯޓްސް އެރީނާގައި ޤާއިމުކުރާ ބަށިކޯޓު އެޅުމާބެހޭ

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ދެއްވަދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2016ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ބަށިކޯޓު ހެދުމުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުމާދަލްއޫލާ 1437 

28 ފެބުރުވަރީ 2016