ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/160
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 18 ނޮވެންބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއާރ އޮފިސަރ - ބިޒްނަސް ސަޕޯޓް ސާވިސަސް /ހިއުމަން ރިސޯސަސް / ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއާރ އޮފިސަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް، 01 އަހަރު ( ފުރަތަމަ 03 މަސް ދުވަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް ސަޕޯޓް ސާވިސަސް / ހިއުމަން ރިސޯސަސް / ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް

މުސާރަ:

 -އަސާސީ މުސާރަ: 4،500.00 ރުފިޔާ

- ސާރވިސް އެލަވަންސް: 2،700.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

- މިނިމަމް ވޭޖް އެލަވަންސް:2،610.00 ރުފިޔާ (ބޭސިކް މުސާރައިގެ %58)

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި  މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާއި އަދި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބިދޭސީ މުވައްޒަފުންގެ އެރައިވަލް ޑިޕާޗަރގެ ކަންކަން ބެލެހެއްޓުން.
  • ފެލިވަރަށް އަލަށް ވަޒީފާއަށް އަންނަ ބިދޭސީ މުވައްޒަފުންނަށް އިންޑަކްޝަން ޓްރެއިނިންގ ހިންގުން.
  • ބިދޭސީ މުވައްޒަފުންގެ ޓްރެވެލް، ރިކުއެސްޓް ކުރުން.
  • ބިދޭސީ މުވައްޒަފުން ޗުއްޓީއަށް ފޮނުވުމާއި ގެނައުމުގެ ކަންތައްތައް ބެލެހެއްޓުން.
  • ބިދޭސީ މުވައްޒަފުންނަށް ބޭންކް އެކައުންޓް ހުޅުވައިދިނުމުގެ މަސައްކަތް ކުރުން.
  • ބޭންކް އަދި މެޑިކަލް ދަތުރުފަތުރު ހަމަޖައްސައި ދިނުން.
  • ދުވަހުން ދުވަހަށް ލިޔަން ޖެހޭ މެމޯ އަދި އެހެނިހެން ލިޔެކިޔުންތައް ހަދާ ފައިލްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލ ކުރައްވާނީ [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ނޮވެމްބަރު 2026 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ނޮވެންބަރު 2026