މަސައްކަތް
ނަންބަރު: 421/IUL/2016/13
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 08 މާރިޗު 2016 10:30
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގައި ކުލަޔާއި ދަވާދުލުމާއި، ސީލިންގ ފިލާ ބަދަލުކުރަން

އިޢުލާން

ގދ.ވާދޫ ކައުންސިލް އިދާރާގައި ކުލަޔާއި ދަވާދުލުމާއި، ސީލިންގ ފިލާ ބަދަލުކުރަން ބޭނުންވެއެވެ.

ވީމާ، މި މަސއްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 08 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 10.30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13.30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގެ ފޯން ނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016