މަސައްކަތް
ނަންބަރު: (IUL)400/INDIV/2016/10
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 10 މާރިޗު 2016 13:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މާވަށުގައި އަޅާ ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މާވަށުގައި އަޅާ ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ( ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

މަސައްކަތުގެ އަގު

65%

  • ތަކެތި ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ  ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

ލިބުނުމާކުސް = 

ހުށަހަޅާފައިވާ އެންމެ ކުޑައަގު

65x

ހުށަހެޅިއަގު

 

މަސައްކަތް ނިންމާ މުއްދަތު

15%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
  • މާކްސްދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ  ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.

ލިބުނުމާކުސް =

ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތު

15x

ހުށަހެޅިމުއްދަތު

 

މާލީގޮތުން އެކަންކުރެވޭނެ ފެންވަރު

5%

  • މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާކްސް
  • މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީ ފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރިފައިސާގެ އަދަދަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން  ހުރިފަރާތަކަށެވެ.

ލިބުނުމާކުސް =

ހުށަހަޅާފައިވާ ފައިސާގެ އަދަދު

5x

ހުށަހަޅާފައިވާ އެންމެމަތީ ފައިސާގެ އަދަދު

ތަޖުރިބާ

15%

  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
  • ފާއިތުވެ ދިޔަތަނުގައި މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކަށެވެ.

ލިބުނުމާކުސް =

ހުށަހެޅި ލިޔުމުގެ އަދަދު

15x

އެންމެ ގިނައިން ލޔުންހުށަހެޅި އަދަދު

29 ފެބުރުވަރީ 2016