ދިވެހިރާއްޖެ
ކުލަބު ޖަމްޢިއްޔާތަކަށް އެހީތެރިކަން ދިނުމާބެހޭ އުޞޫލު - ގދ. ފަރެސްމާތޮޑާ ކައުންސިލް
ނަންބަރު: 2026/5
|
ތަޢާރަފް: |
(ހ) |
މި އުޞޫލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 22، 24 އަދި 151 ވަނަ މާއްދާއިން ގދ. ފަރެސްމާތޮޑާ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާފައިވާ އުޞޫލެކެވެ. |
|||
|
(ށ) |
މި އުޞޫލަށް ކިޔާނީ "ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ކުޅިވަރު ޓީމުތަކަށް އެހީތެރިކަން ދިނުމާބެހޭ އުޞޫލު" އެވެ. |
||||
|
2. |
މަޤްޞަދު: |
މި އުޞޫލުގެ މައިގަނޑު މަޤްޞަދުތަކަކީ: |
|||
|
|
|
(ހ) |
ރަށުގެ އިޖުތިމާޢީ، އިޤްތިޞާދީ، ތަޢުލީމީ، ޘަޤާފީ އަދި ކުޅިވަރުގެ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާތަކަށް ހަމަހަމަކަމާއި ދެފުށްފެންނަ އުޞޫލަކުން އެހީތެރިކަން ފޯރުކޮށްދިނުން. |
||
|
|
|
(ށ) |
ރަށާއި އަތޮޅު ތަމްސީލުކޮށް ވާދަކުރާ ކުޅިވަރު ޓީމުތަކަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ދެފުށް ފެންނަ ހަރުދަނާ މިންގަނޑެއް ޤާއިމުކުރުން. |
||
|
|
|
(ނ) |
ކައުންސިލުން ދޭ އެހީތަކަކީ ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ދެވޭ އެހީތަކެއްކަން ކަށަވަރުކުރުން. |
||
|
3. |
އެހީ ދެވޭނެ ދާއިރާތައް |
ކައުންސިލުން މާލީ އަދި މާއްދީ އެހީ ދޫކުރެވޭނީ ތިރީގައިވާ ދާއިރާތަކަށެވެ: |
|||
|
(ހ) |
ކުޅިވަރުގެ ދާއިރާ: ޤައުމީ ފެންވަރުގައާއި، ޒޯން ނުވަތަ އަތޮޅު ފެންވަރުގައި ރަށް ތަމްސީލުކުރާ ރަސްމީ މުބާރާތްތަކުގައި ބައިވެރިވުމަށާއި ތަމްރީނު ހޯދުމަށް. |
||||
|
(ށ) |
އިޖުތިމާޢީ އަދި ޒުވާނުންގެ ހަރަކާތްތައް: ޒުވާނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާޢީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ހިންގާ ހަރަކާތްތައް. |
||||
|
|
|
(ނ) |
ތަޢުލީމީ އަދި ޘަޤާފީ ހަރަކާތްތައް: ހުނަރު އިތުރުކުރުމާއި، ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ރަށުގެ ތާރީޚާއި ޘަޤާފަތް ދިރުވުމަށް ހިންގާ ހަރަކާތްތައް. |
||
|
|
|
(ރ) |
ރަށުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އެހެނިހެން މަޝްރޫޢުތައް. |
||
|
4. |
އެހީއަށް އެދުމުގެ ޝަރުޠުތައް |
މި އުޞޫލުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކުގައި ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ: |
|||
|
|
(ހ) |
ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 3/2022) ގެ ދަށުން ކަމާބެހޭ ވުޒާރާއެއްގައި ނުވަތަ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީވެފައިވާ ސައްޙަ ޖަމްޢިއްޔާއެއް ނުވަތަ ކުލަބަކަށް ވުން. |
|||
|
|
|
(ށ) |
ޖަމްޢިއްޔާ ނުވަތަ ކުލަބުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަނުވެ ދެމިއޮތުމާއެކު، އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ޤަވާޢިދުން ހުށަހަޅަމުންދާ (Active Status ގައިވާ) ޖަމްޢިއްޔާއަކަށް ވުން. |
||
|
|
|
(ނ) |
ރަސްމީކޮށް ރަޖިސްޓަރީނުވެ ހިންގާ ކުޅިވަރު ޓީމުތަކަށް މާލީ (ފައިސާގެ) އެހީއަށް އެދެވޭނީ ރަޖިސްޓަރީވެފައިވާ ކުލަބު/ޖަމްޢިއްޔާއެއް މެދުވެރިކޮށެވެ. ރަޖިސްޓަރީނުވާ ޓީމުތަކުން އަމިއްލައަށް އެދޭނަމަ ދެވޭނީ ހަމައެކަނި މާއްދީ އެހީތެރިކަމެވެ. |
||
|
|
|
(ރ) |
ކުރިން ކައުންސިލުން އެހީއެއް ދީފައިވާނަމަ، އެ އެހީއާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި ބިލްތައް ފުރިހަމައަށް ހުށަހަޅައި ހިސާބު ނިންމާފައިވުން. |
||
|
|
|
(ބ) |
އެހީއަށް އެދެނީ ވަކި މުބާރާތެއް ނުވަތަ ދަތުރަކަށް ކަމުގައިވާނަމަ، އެ މުބާރާތެއް އިންތިޒާމުކުރާ ފަރާތުގެ ރަސްމީ ލިޔުމާއި ދަތުރުގެ ތަފްޞީލީ ޝެޑިއުލް ހުށަހެޅުން. |
||
|
5. |
އެހީއަށް އެދި ހުށަހެޅުމާއި މުއްދަތު |
(ހ) |
އެހީއަށް އެދި ހުށަހަޅަންވާނީ ކައުންސިލުން ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށެވެ. |
||
|
(ށ) |
ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ: |
||||
|
|
|
|
1. |
އެހީއަށް އެދޭ ހަރަކާތުގެ ނުވަތަ ދަތުރުގެ ތަފްޞީލީ ޕްރޮޕޯސަލް. |
|
|
|
|
|
2. |
ޚަރަދުތަކުގެ އެސްޓިމޭޓް ބަޖެޓް (ބްރޭކްޑައުން). |
|
|
|
|
|
3. |
ހަރަކާތް ނުވަތަ މުބާރާތް ހިންގާ ފަރާތުގެ ރަސްމީ ދަޢުވަތު ނުވަތަ ޝެޑިއުލް. |
|
|
|
|
|
4. |
ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ އަދި ހިންގާ ކޮމިޓީގެ މެންބަރުންގެ ލިސްޓު. |
|
|
|
|
(ނ) |
ކުއްލި ޙާލަތެއް މެދުވެރިވެގެން މެނުވީ، އެހީއަށް އެދޭ ހަރަކާތް ފެށުމުގެ މަދުވެގެން 15 (ފަނަރަ) ދުވަސް ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ. |
||
|
6. |
އެހީ ފާސްކުރުމާއި މިންވަރު ކަނޑައެޅުން |
(ހ) |
މި އުޞޫލުގެ ދަށުން އެހީ ދޫކުރެވޭނީ އެ އަހަރަކަށް ފާސްކޮށްފައިވާ ކައުންސިލްގެ ބަޖެޓުގައި އެކަމަށް ފައިސާ ކަނޑައެޅިފައިވާ މިންވަރަކުންނެވެ. |
||
|
|
(ށ) |
ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ފަންނީ ގޮތުންނާއި މާލީ ގޮތުން ދިރާސާކުރާނީ ކައުންސިލްގެ އިދާރީ ސެކްޝަނާއި މާލީ ޒިންމާދާރު ވެރިޔާއެވެ. |
|||
|
|
(ނ) |
އެހީ ދިނުމާއި ދޭނެ މިންވަރު ކަނޑައަޅާނީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާ އެކަން ކައުންސިލަށް ހުށަހެޅުމުން، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށްގެންނެވެ. |
|||
|
7 |
މަޞްލަޙަތު ފުށުއެރުން |
(ހ) |
އެހީއަށް އެދި ހުށަހަޅާފައިވާ ކުލަބު، ޖަމްޢިއްޔާއެއްގެ މުއައްސިސެއްގެ ގޮތުގައި، ނުވަތަ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި، ނުވަތަ އެނޫންވެސް މަޞްލަޙަތެއް އޮތް ކައުންސިލް މެންބަރަކު އެ މައްސަލައެއް ނިންމާ ޖަލްސާގެ ބަޙުޘާއި ވޯޓުގައި ބައިވެރިވެގެން ނުވާނެއެވެ. |
||
|
|
(ށ) |
އެފަދަ މަޞްލަޙަތެއް އޮތް މެންބަރަކު ވާނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ވާހަކަދެއްކުމާއި ވޯޓު ނެގުމުގެ ކުރިން އެކަން ރިޔާސަތަށް ހާމަކޮށް، ޖަލްސާގެ އެ މައުޟޫޢަކުން ތަނާޒުލުވާން ވާން ވާނެއެވެ. |
|||
|
8. |
އެއްބަސްވުން ޤާއިމުކުރުމާއި ފައިސާ ދޫކުރުން |
(ހ) |
ކައުންސިލުން އެހީ ދިނުމަށް ފާސްކުރާ ފަރާތްތަކާއެކު، ފައިސާ ދޫކުރުމުގެ ކުރިން ދެފަރާތުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް (MoU / Agreement) ޤާއިމުކުރަންވާނެއެވެ. |
||
|
|
|
(ށ) |
އެއްބަސްވުމުގައި އެހީގެ ގޮތުގައި ދޫކުރާ ޢަދަދާއި، އެ ފައިސާ ޚަރަދުކުރެވޭނެ ދާއިރާތަކާއި، މާލީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު ސާފުކޮށް ބަޔާންކުރަންވާނެއެވެ. |
||
|
|
|
(ނ) |
ފައިސާ ދޫކުރާނީ ރަޖިސްޓްރީވެފައިވާ ޖަމްޢިއްޔާއެއްގެ ނުވަތަ ކުލަބެއްގެ ނަމުގައި ހުޅުވާފައިވާ ރަސްމީ ބޭންކު އެކައުންޓަށެވެ. އެއްވެސް ޙާލަތެއްގައި އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޖަމައެއް ނުކުރެވޭނެއެވެ. |
||
|
|
|
(ރ) |
ރަޖިސްޓަރީނުވާ ޓީމުތަކަށް އެހީތެރިކަން ދޭނީ ކައުންސިލުން ސީދާ ޚަރަދުކޮށްގެން މާއްދީ އެހީގެ ގޮތުގައެވެ. |
||
|
9. |
ރިޕޯޓިންގ އަދި ހިސާބު ނިންމުން |
(ހ) |
އެހީ ލިބުނު ހަރަކާތް ނުވަތަ ދަތުރު ނިމޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ތިރީގައިވާ ލިޔުންތައް ކައުންސިލަށް ހުށަހަޅަންވާނެއެވެ: |
||
|
|
|
|
1. |
ހަރަކާތް ހިނގި ގޮތުގެ ޚުލާޞާ ރިޕޯޓު (ޙާޞިލުވި ނަތީޖާއާއެކު). |
|
|
|
|
|
2. |
ފައިސާ ޚަރަދުކުރި ގޮތުގެ ތަފްޞީލީ މާލީ ރިޕޯޓު. |
|
|
|
|
|
3. |
ޚަރަދުތަކުގެ އަސްލު ބިލްތަކާއި ރަސީދުތައް. |
|
|
|
|
|
4. |
ހުށަހަޅާ ބިލްތަކާއި ރިޕޯޓުތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ޗެކްކޮށް ބަލައިގަންނާނީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާއެވެ. |
|
|
|
|
(ށ) |
ހަމަޖެއްސި ބަޖެޓަށްވުރެ މަދުން ޚަރަދުވެގެން ބާކީވި ފައިސާއެއްވާނަމަ، އެ ފައިސާ އަނބުރާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ. |
||
|
10. |
އުޞޫލަށް އިޞްލާޙު ގެނައުން |
(ހ) |
މި އުޞޫލަށް އެއްވެސް ބަދަލެއް ނުވަތަ އިޞްލާޙެއް ގެނެވޭނީ ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި މަޝްވަރާކޮށް، ހާޟިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. |
||
|
11. |
ޢަމަލުކުރުން |
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ޖަލްސާއަކުން މި އުޞޫލު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި ކައުންސިލްގެ އިދާރާގައި ޢާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ. |
||
|
|
|
(ށ) |
މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާ ފުށުނުއަރާނޭހެން އެކަމަކާމެދު ގޮތެއް ނިންމާނީ ކައުންސިލްގެ ޖަލްސާއަކުންނެވެ. |
||
|
12. |
މާނަކުރުން |
(ހ) |
"ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތައް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ނުވަތަ ކުޅިވަރުގެ ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކަށެވެ. |
||
|
|
|
(ށ) |
"ކުޅިވަރު ޓީމުތައް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީވެފައިވާ ކުލަބު ޖަމްޢިއްޔާއަކުން ނުވަތަ ރަށު ފެންވަރުގައި އެކުލަވާލައިގެން ރަސްމީ މުބާރާތްތަކުގައި ރަށް ނުވަތަ އަތޮޅު ތަމްސީލުކުރާ ޓީމުތަކަށެވެ. |
||
|
|
|
(ނ) |
"މާލީ އެހީ" ކަމަށް ބުނެފައި އެވަނީ، ކައުންސިލްގެ ބަޖެޓުން ދޫކުރެވޭ ފައިސާގެ އެހީތެރިކަމަށެވެ. |
||
|
|
|
(ރ) |
"މާއްދީ އެހީ" ކަމަށް ބުނެފައި އެވަނީ، ފައިސާގެ އިތުރުން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ވަސީލަތްތަކާއި، ތަކެއްޗާއި، ތަންތަން ބޭނުންކުރުމަށް ދެވޭ ހުއްދައާއި، ކައުންސިލުން ގަނެދޭ ތަކެއްޗަށެވެ. |
||
|
|
|
(ބ) |
"މާލީ ޒިންމާދާރު ވެރިޔާ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ކައުންސިލްގެ މާލީ ކަންކަން ބެލެހެއްޓުމަށް |
||
02 ނޮވެމްބަރ 2026