ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)260-CA/260/2026/87
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 05 ނޮވެންބަރު 2027 14:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 އާ ގުޅިގެން ދަފުތަރު އެކުލަވާލުމަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 އާ ގުޅިގެން ދަފުތަރު އެކުލަވާލުމަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އުޖޫރަ

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ޕަބްލިކް ސަރވިސް ރޭންކް

ސްކިލް ލެވެލް

މަޤާމު:

ހާޒިރީ އިނާޔަތް

1 (އެކެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

60/-

32.08

9.63

256.66

77/-

7700/-

2310/-

1

1

ކައުންސިލް އެސިސްޓެންޓް

60/-

31.60

9.48

252.83

75.83/-

7585/-

2275/-

3

2

އެސިސްޓަންޓް ކައުންސިލް އޮފިސަރ

 

އެހެނިހެން އެލަވަންސްތައް:

  • ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އެލަވަންސް

މަޤާމުގެ ގިންތި:

   ވޭޖް އެމްޕްލޯއިމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

   ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ

 

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  2. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން ކޮންމެ ނަމާދެއްގެ ވަގުތުގެ ކުރިން މިސްކިތަށް ގޮސް މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކުރުން.
  3. ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން، މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  4. މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ ކަބަޑުތައް ފޮޅާ ސާފުކުރުން.
  6. މިސްކިތުގެ ފަންކާތަކާއި އޭސީތައް ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތުގެ ހޮޅިބުރިތަކާ ފަންކާތައް ދިއްލުމާއި ނިއްވުން.
  8. ކައުންސިލްގެ އިދާރާއިން ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ، ގަސްތައް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  9. ކައުންސިލް އިދާރާގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން.
  10. ކައުންސިލްގެ އިދާރާ ސާފޮކޮށް ނަގާ ކުނި ރައްކާތެރިކަމާއެކު ނައްތާލުން.
  11. ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ދޮރުތަކާއި ދޮރުފޮތްތައް ހަޑިވިޔަނުދީ ފޮޅާ ސާފުކުރުން.
  12. ކައުންސިލްގެ އިދާރާގެ އެތެރެ ކުނިކަހާ ސާފުކުރުމަށްފަހު މޮޕްލުން.
  13. ކައުންސިލްގެ އިދާރާގައި ބޭނުންކުރަމުންދާ ކޮމްޕިއުޓަރ، ފޮޓޯކޮޕީ މެޝިންފަދަ ތަކެތި ހިރަފުސްވިޔަނުދީ ފޮޅާ ސާފުކުރުން.
  14. ކައުންސިލްގެ އިދާރާގައި ބޭނުންކުރާ ފަންކާތަކާއި ދިއްލުމަށް ބޭނުންކުރާ ތަކެތި ހިރަފުސްވިޔަނުދީ ފޯޅާ ސާފުކުރުން.
  15. ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބަގީޗާ ހައްދާ، އަދި އިދާރާގެ ގޯތިތެރޭގައިވާ ގަސްތަކާއި ބަގީޗާތައް ފެންޖަހާ، ބެލެހެއްޓުން.
  16. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާ ގޯތިތައް ބެލެހެއްޓުމުގެ ގޮތުން އިދާރާއިން އަންގާ މަސައްކަތްތައްކުރުން.
  17. ސަރުކާރުގެ އިދާރާތަކާއި އެކިއެކި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ޙަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި، އެނޫންތަކެއި ޙަވާލުކުރުމާއި، ޢިއުލާން ހިއްޕުން.
  18. ސެކްރެޓަރީ ޖެނެރަލް ނުވަތަ ޔުނިޓްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ރަށަށް ވަޑައިގަންނަވާ ވަފްދުތަކުގެ ދަތުރުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  19. ކައުންސިލްގެ ފަރާތުން ބާއްވާ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.
  20. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  21. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ،އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެންގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ގުޅޭ ވަޒީފާގެދާއިރާތައް:

  • ފޮޅާ ސާފުކުރުން
  • އިދާރާގެ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ ރިސެޕްޝަން ބެލެހެއްޓުމާއި، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތްތައް ލިބިގަތުމަށް އެހީތެރިވުމާއި، ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުން
  2. ކައުންސިލް އިދާރާއަށް ފައިސާ ބަލައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ފައިނޭންސް ސެކްޝަންއިން ރިސެޕްޝަންގައި އަދި ފައިސާ ބަލައިގަތުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
  3. ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި އަދި ރޫޓްކުރުން. އަދި އީ-ގަވަރމަންޓް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި އަދި ރޫޓްކުރުން.
  4. ކައުންސިލްގެ އިދާރާއަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  5. އ.ތ.މ. ކޮމެޓީން ބާއްވާ ޖަލްސާތަކާއި ރަސްމިއްޔާތުތަކާއި ހިންގާ އެކިއެކި ޙަރަކާތްތަކުގެ ރެކޯޑް ބެލެހެއްޓުން
  6. ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖު އަދި އީ-މެއިލްތަކަށް ޖަވާބު ތައްޔާރު ކޮށް ފޮނުވުން އަދި އިދާރީ އެކި ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  7. ޔުނިޓް / ސެކްޝަންތަކަށް ބޭނުންވާ ތަކެތި ހޯދާ، ތަކެތީގެ ސޮޓޮކް ބެލެހެއްޓުން އަދި ސްޓޮކް ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.
  8. ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  9. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ކައުންސިލުން ބަލަހައްޓާ ޕްރޮޖެކްޓްތަކުގެ އިންސްޕެކްޝަން ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.
  11. އޮފީހުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  12. އަލަށް އުފަންވާ ކުދީންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ރަށުގެ ރަށްވެހީގެން ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހި ނުވެ ދިރިއުޅެމުންގެންދާ މީހުންނާއި، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމާއި އުފަންދުވަހުގެ ސެޓްފިކެޓްތައް ހަދާ މިކަމާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  13. ނުކުޅެޅެދުންތެރިކަން ހުންނަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރެކޯޑްތައް ޤަވާއިދުން ބަލަހައްޓައި އަދި ނުކުޅެދޭ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޢުލޫމާތްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމާއި އެމީހުންނާއިބެހޭ ދަފުތަރު ބެލެހެއްޓުމާއި އެ  މީހުންގެ މަޢުލޫމާތްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި އަލަށް 65 އަހަރު ވާ މީހުންނާއި 65 އަހަރުން މަތީ މީހުންގެ ތެރެއިން ނިޔާވާ މީހުންގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކަމާއިބެހޭ ފަރާތްތަކަށް މަޢުލޫމާތު ޤަވާއިދުން ފޮނުވުން.
  14. ފައިސާއާއި ބެހޭ މަސައްކަތްތަކުގައި ވިޔަމޮޑިއުލްގެ ހަވާލުކުރެވޭ ރޯލް އަދާކުރުން އަދި ސެކްޝަންގެ މުވައްޒަފަކު ޗުއްޓީ ނަގާފި ނަމަ ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން  އެ މުވައްޒަފެއްގެ މަސައްކަތާއި ޙަވާލުވެ ކުރުން.
  15. ކައުންސިލް އިދާރާއިން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ކްލަބު ޖަމްޢިއްޔާތައް ބައިވެރިކޮށް ހެދުމާއި މި ފަދަ ފަރާތްތަކާއި ގުޅިގެން ކޮންމެ އަހަރަކު ކުޅިވަރު ކަލަންޑަރެއް އެކުލަވާލުމާއި މި ކަލަންޑަރާއި އެއްގޮތަށް ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލްކަމާއި މާލީ ޤާބިލްކަން އިތުރުކުރުމަށް ހަރަކާތްތަކެއް ކަނޑައެޅުމާއި މިކަމާއި ގުޅޭ ޕްލޭން ހަދާ ހިންގުން.
  16. ރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުން އަދި ކަމާއި ބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ޙިއްސާކުރުން.
  17. އިޖުތިމާޢި ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުން އިންތިޒާމްކޮށް އެމަސައްކަތު މުވައްޒަފުން މޮނިޓަރކޮށް ބެލެހެއްޓުން.
  18. ކުނިމެނޭޖްކުމުގެ މަސައްކަތް ހެދިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިއަށް ގެންދިއުމާއި އަދި ކުނިމެނޭޖް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.އަދި ކުނިމެނޭޖް ކުރުމުގެ ނިޒާމްގެ މުވައްޒަފުން މޮނިޓަރކޮށް ބެލެހެއްޓުން.
  19. ގެމަން، ވުނަ ޕޯޓަލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  20. މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް އިންތިޒާމްކޮށް ހުކުރުނަމާދާއި ޢީދު ނަމާދާއި އަދި ކޭތަ ނަމާދު ކުރުވުމުގެ އިންތިޒާމްތަކާއި މިސްކިތުގައި ދީނީ ދަރުސް ދިނުމުގެ ކަންކަން އިންތިޒާމްކޮށް ހަމަޖެއްސުން.
  21. ރަށުގެ މުނިސިޕަލް ދާއިރާގެ އެންމެހާ ކަންކަން ވިލަރެސްކުރުވައި، އަދި އެޚިދުމަތް ދިނުމަށް ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ހިގާނުގިގާގޮތް ބަލައި ސްޕަވައިޒްކޮށް އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކޮށް ނަތިޖާ ނެރެވޭގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމްކުރުވައި ހިންގުން. އަދި އެކިއެކި މިނިސްޓްރީތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވުމާއި ޕީއެސް.އައި.ޕީ ޕްރޮޖެކްޓްތަކާ ގުޅިގެން ޑިޕާޓްމަންޓަށް ލިބޭ ސިޓީ މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަން މަސައްކަތްތައް އޯވަރސިސް ކުރައްވާ ކައުންސިލް މެމްބަރުގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  22. ރަށްވެހިކަމުގެ ޚިދުމަތްތައް ކައުންސިލުން ދިނުމުގައި ހަދަންޖެހޭ ހުއްދަތައް ހަދައި ދޫކުރުމާއި ރައްވެހިކަމާއި ގުޅިގެން ކައުންސިލުން ހަދާ ޤަވާއިދުތަކާއި އުސޫލްތައް ހެދުމުގައި އިދާރީ ގޮތުން މަސައްކަތްކޮށް އެހީތެރިވެ ދިނުން. އަދި އެޤަވާޢިދު ތަކާއި އުޞޫލުތައް ތަންފީޒްކޮށް ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރުން.
  23. މަގު ކޮނުމާއި މަގު ބަންދު ކުރުމާއި ބިމާއި ގުޅޭ ގޮތުން އެކި އެކި ފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި މިފަދަ ކަންތައްތަކާއި ގުޅިގެން ހަދާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ދޫކުރުމާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކައުންސިލަށް ހުށަހެޅުން.
  24. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  25. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  26. އެޗް.އާރު އެންމެހާ މަސައްކަތްތައް ޕްލޭން ކުރުމާއި ތަންފީޒު ކުރުން. މިގޮތުން ރެކްރޫޓްމަންޓް މަސައްކަތްތަކާއި، މުވައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓުމާއި، ފާރފޮމެންސް އެޕްރައިޒަލްގެ ކަންތައް ކުރުމާއި، މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާއި، ވިއުގަ ސިސްޓަމް އަދާ ހަމަކުރުމާއި، މުވައްޒަފުންގެ މުސާރައިގެ މަސައްކަތްތައް ކުރުމާއި، ޓްރެއިނިންގ، އަދި މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން
  27. ކައުންސިލް އިދާރާގެ ހިއުމަން ރިސޯސް ޔުނިޓްގެ މަސައްކަތްތައް ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތައް އޮޑިޓް ކުރުމާއި އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރުމަށް ސެކްޝަންގެ ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން
  28. ކައުންސިލް އިދާރާ އަދި އިދާރާގެ ދަށުން ބަލަހައްޓަމުންގެންދާ ތަންތަނުގައިވާ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ފޯކަލް ޕޮއިންޓްގެ ޒިންމާ އަދާކުރުމާއި، ޓްރޭނިންގ ފުރުޞަތުތައް ހޯދުމާއި ޕްރޮޕޯސަލް ތައްޔާރުކުރުން.
  29. ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ސެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން ހިންގުމުގެ މަސައްކަތްކުރުމާއި މުއައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓުން.
  30. ކައުންސިލް އިދާރާ އަދި އިދާރާގެ ދަށުން ބަލަހައްޓަމުންގެންދާ ތަންތަނުގައިވާ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމުން.
  31. އޮފީހުގެ ހާޟިރީތައް އެޗް.އާރު ސޮފްޓްވެއަރ މެދުވެރިކޮށް ބެލެހެއްޓުމާއި އޮފީހުގެ މުވައްޒަފުންގެ އިތުރުގަޑި އަދި ބަންދުދުވަސްތަކުގެ ހާޟިރީ ޗެކުކޮށް، އަދި މުވައްޒަފުންގެ ޗުއްޓީއާބެހޭ ކަންތައްތައް ބެލެހެއްޓުން.
  32. ކައުންސިލް އިދާރާއަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން އަދި އެހެނިހެން މުއައްޒަފުން ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  33. ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލައި، ޕްރޮކިއުމަންޓް ޕްލޭން ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި ރިކޯޑް ރަނގަޅަށް ބެލެހެއްޓުން.
  34. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތްކުރުމާއި، ތަކެތި ގަތުމަށްޓަކާ ޢިއުލާނުކުރުމާއި، މަޢުލޫމާތު ކަރުދާސް އެކުލަވާލުމާއި، ބީލަން ފޮތް ތައްޔާރު ކުރުމާއި ބީލަމަށް މަޢުލޫމާތު ދިނުމާއި، ބީލަން ބަލައިގަތުން އަދި އިވެލުއޭޓް ކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ނުވަތަ ސެކްރެޓްރީ ޖެނެރަލްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  35. ކައުންސިލް އޮފީސް އިމާރާތް، މިސްކިތްތައް އަދި ކައުންސިލްއިން ބަލަހައްޓާ އިމާރާތްތައް މެއިންޓަނެންސްއަށް ބޭނުންވޭތޯ ބަލާ ގަވައިދުން މެއިންޓެނެންސް ކުރުން
  36. ކައުންސިލް އިދާރާގެ ފަރާތުން ހޯދާ މުދަލާއި ޚިދުމަތްތަކާ ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  37. އެކި ފަރާތްތަކަށް ކައުންސިލްގެ މުދާ ދޫކުރުމުގެ ސިސްޓަމް އެކުލަވާލައި އެތަކެތި ދޫކުރުމާއި ރިކޯޑް ބެލެހެއްޓުން
  38. ކައުންސިލް އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމުގެ ކަންތައް ޕްލޭންކޮށް ގަވާއިދުތަކާއި އެއްގޮތަށް މުދަލާއި ޚިދުމަތްތައް ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  39. ކައުންސިލް އަދި ކައުންސިލްގެ ބެލމުގެ ދަށުގައިވާ ތަންތަނުން ބާއްވާ އެކިއެކި ޖަލްސާ، ބައްދަލުވުން، ހަފްލާ، އިވެންޓް އަދި ހަރަކާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތަކަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ހޯދުން.
  40. ކައުންސިލްއިން ކުރަންޖެހޭ އެއްގަމު، ކަނޑު އަދި ވައިގެ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސައި ދަތުރުތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ރިކޯޑް ބެލެހެއްޓުން
  41. ރަށަށް ޒިޔާރަތްކުރާ ވަފްދުތަކާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމްތައް ޖަމަޖެއްސުމަށް ކުރަންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުން
  42. ކައުންސިލް އަދި ކައުންސިލްއާ ގުޅިފައިވާ ތަންތަނުން އެކިފަރާތްތަކާއި އެކުކުރެވޭ އެއްބަސްވުންތަކާއި އެގްރިމެންޓްފަދަ ލިޔުންތައް ގުޅުންހުރި ފަރާތްތަކާއި މުއާމަލާތުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެދާއިރާތައް:

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ "ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތައް" ގައި ހިމެނޭ ތަޢުލީމީ ދާއިރާތައް

ކައުންސިލް އޮފިސަރުންގެ ތަޢުލީމީ ރޮނގުތައް: https://www.csc.gov.mv/download/2026/36

ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

ކޯރ ޑިސިޕްލިން:

  • ނެތް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޕަބްލިކް ސަރވިސް ރޭންކް 1

އަސާސީ ޝަރުތު ހަމަވުން %50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އިންޓަރވިއު %40

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 70% (ހަތްދިހަ) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

ޕަބްލިކް ސަރވިސް ރޭންކް 3

އަސާސީ ޝަރުތު ހަމަވުން %30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް %5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

އެސެސްމަންޓް (އިމްތިހާން އަދި ޕްރެކްޓިކަލް) %25

އިންޓަރވިއު %35

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2027 ނޮވެމްބަރ 05 ގެ 14:00 ވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އަށެވެ.

Secretariat of the Naivaadhoo Council Vazeefa Dhaftharu Form 2026 – Fill out form

ދަފްތަރުކުރުން:

 

މި ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓުން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކުގެ ތަރުތީބުން މިއިދާރާގެ ވެބްސައިޓް  www.naivaadhoo.gov.mv  ގައި ޝާއިޢުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު، އޮންނާނެ ތާރީޚާއި ތަން، އިންޓަރވިއު އާއި އިމްތިޙާނު ބާއްވާ ތާރީޚުގެ 48 ގަޑިއިރު ކުރިން ކެނޑިޑޭޓުންނަށް އަންގާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520634 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

25 ޖުމާދަލްއޫލާ 1448

05 ނޮވެމްބަރ 2026

05 ނޮވެންބަރު 2026