މަސައްކަތް
ނަންބަރު: K5C-A/2016/013
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 06 މާރިޗު 2016 09:30
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ފުރާޅާއި ކޯޓްރޫމް މަރާމާތުކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ފުރާޅާއި ކޯޓްރޫމް އަމިއްލަ ތަކެތީގައި މަރާމާތު ކުރާނެ ފަރާތެއް ހޯދުން

މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ފުރާޅާއި ކޯޓްރޫމް އަމިއްލަ ތަކެތީގައި މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް މިކޯޓުން 23 ފެބުރުވަރީ 2016 ގައި ކުރި އިޢުލާން ނަންބަރު: K5C-A/2016/11 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކޯޓުން އަންގާގޮތަށް އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016