ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2026/344
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި:
21 ނޮވެންބަރު 2026 00:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހއ. ދިއްދޫ، ހއ، ބާރަށުގައި ކުރިއަށްގެންދާ ޙަރަކާތްތަކާ ގުޅޭ
މިއަހަރުގެ ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޚާއްޞަ ހަރަކާތްތަކާއި ފަރިތަކުރުންތައް ތިރީގައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކާއި ފަރިތަކުރުންތަކުގައި ސިފައިން ޙަރަކާތްތެރިވާއިރު ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ އެވެ.
- ހއ. ދިއްދޫ: 2026 ނޮވެންބަރު 13 އިން 14 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް.
- ހއ. ބާރަށް: 2026 ނޮވެންބަރު 20 އިން 21 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
04 ނޮވެންބަރު 2026