ދިވެހިރާއްޖެ
އިޢުލާން
އައު ކައުންސިލް އިދާރާއަށް ތްރީފޭސްކަރަންޓް ފޯރުކޮށްދިނުމާއިގުޅޭ
މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އަލަށް އިމާރާތްކުރަމުންދާ ކައުންސިލް އިދާރާއަށް ތްރީފޭސް ކަރަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް،ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު (ބިޑް) ހުށަހެޅުން އެދެމެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. މިއިދާރާއިން އިއުލާންކުރާ ޕްރޮޖެކްޓްތައް އެވޯޑްކުރުމުގައި އިސްކަންދިނުމުގެ އުސޫލް ނަންބަރު 2026/G-2 އަމަލުކުރެވޭނެއެވެ.
|
# |
|
ތަން |
ތާރީހް |
ގަޑި |
|
1 |
ރަޖިސްޓްރީވުމަށް
|
ރަޖިސްޓްރީވުމަށްއެދޭ ލިންކް: https://forms.gle/JXPHpAyto86AToZV8 |
05 ނޮވެންބަރު 2026 ފެށިގެން 08 ނޮވެންބަރު 2026 |
12:00 |
|
2 |
މައުލޫމާތު ސެޝަން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް(އެދޭފަރާތްތަކަށް) |
09 ނޮވެންބަރު 2026 |
12:00 |
|
3 |
މައުލޫމާތު ކަރުދާސް ފޮނުވުން |
ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތޫ ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ. |
08 ނޮވެންބަރު 2026 |
14:00 ކުރިން |
|
4 |
އަންދާސީ އަގު ހުށަހެޅުން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
19 ނޮވެންބަރު 2026 |
12:00 |
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.