ދިވެހިރާއްޖެ
މޫސުމީ ދަނޑުވެރިކަން ކުރުމަށް އެކިއެކި ފަރާތްތަކަށް ދޫކޮއްފައިވާ ދަނޑުތަކުގެ ތެރެއިން ކައުންސިލުން ރަޖިސްޓްރީ ކޮއްދީފައިވާ ބޮޑުމިނަށްވުރެ އިތުރަށް ބޮޑުކޮށްފައިވާ ދަނޑުތައް ކަނޑައެޅިފައިވާ އުޞޫލަށް ފެއްތުމުގެ ގޮތުން 01 ޖެނުއަރީ 2027 ން ފެށިގެން ކައުންސިލުގެ ފަރާތުން ހުރިހާ ދަނޑުތަކެއް ޗެކްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ކައުންސިލުން ޢާންމު ކޮއްފައިވާ އުޞޫލާއި ޚިލާފަށް ބޭނުންކުރަމުންދާ ދަނޑުތަކާއިމެދު އުޞޫލާއެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ. މީގެ އިތުރުން ރުއްގަސް އިންދުމަށް ދޫކޮއްފައިވާ ދަނޑުތަކުގައި މޫސުމީ ދަނޑުވެރިކަން ކުރުމަކީ މަނާ ކަމެއްކަމުގައި ހަނދުމަކޮއްދެމެވެ. ވީމާ، 01 ޖެނުއަރީ 2027 ގެ ނިޔަލަށް އުޞޫލާއި ޚިލާފަށް ބޭނުންކުރަމުންދާ ދަނޑުތަށް އުޞޫލަށް ފެއްތުމަށް އަންގަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.