ވަޒީފާގެ ފުރުޞަތު
ނަންބަރު: 123-A/IUL/2016/09
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 15 މާރިޗު 2016 15:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު

02 (ދޭއް)  

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ:       -/11,000 ރުފިޔާ
  2. ޑެއިލީ އެލަވަންސް: -/368 ރުފިޔާ

ޝަރުޠު

  1. ޤާނޫނީ ދާއިރާއިން ނުވަތަ ޝަރީޢަތާއި އަދި ޤާނޫނުގެ ދާއިރާއިން ނުވަތަ އެކައުންޓިންގ ނުވަތަ އޮޑިޓިންގގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  2. ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  3. އުމުރުން 55 އަހަރު ވެފައި ނުވުން.
  4. ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށް، ތަޙުޤީޤު ކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

ދައުލަތުގެ މުވައްޒަފުން ދައުލަތުގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، މިނޫނަސް ގަވާއިދު ހުއްދަނުކުރާ ގޮތްގޮތުން އަމިއްލަ ފައިދާ ހޯދުމާއި، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނުޙައްޤު ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، މި ބާވަތުގެ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ހަމަޖައްސާ މައްސަލަތައް ތަޙުޤީޤުކުރުން. 

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  3. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއާއި ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  4. އޯލެވެލް އަދި އޭލެވެލް ސެޓުފިކެޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
  6. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  7.  އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  8. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑު

2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  6. ފޯމު ބަލައިގަތުމަށްފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
  7. ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާގެ ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015214 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

03 މާރިޗު 2016