ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415-MSS/415/2026/182
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 19 ނޮވެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި އެހެލާފައިވާ ލާންޗްތަކާއި، ޑިންގީތަކާއި، ދޯނިތަކުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއް ހުރިތޯ ބެލުން

އިޢުލާން

 

ތިނަދޫ ސިޓީގައި އެހެލާފައިވާ ލާންޗްތަކާއި، ޑިންގީތަކާއި، ދޯނިތަކުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއް ހުރިތޯ ބެލުން

ތިނަދޫ ސިޓީގެ އޮޑިވަޅުގެ ސަރަޙައްދުކަމުގައި ކަނޑައަޅާފައިވާ އިމުން ބޭރުގައި ހުއްދަ ހޯދުމަކާ ނުލައި ޤަވާޢިދާއި ޚިލާފަށް ގިނަ ދުވަސްތަކެއްވަންދެން އުޅަނދުފަހަރުތައް އެހެލާފައިވާތީ، އެތަކެތި އެތަނުން ނެގުމަށް މީގެކުރިން އިދާރާގެ ނަންބަރު: (IUL)415-MSS/415/2026/153, (IUL)415-MSS/415/2026/119 އިޢުލާންކުރެވިފައިވާނެއެވެ. އެހެންނަމަވެސް މިއަދާހަމައަށް އައިއިރު، ބައެއް އުޅަނދުތަކުގެ ވެރިފަރާތްތަކުން އަދިވެސް އެތަނުން އެތަކެތި ނަންގަވާފައިނުވާތީ ދަންނަވަމެވެ.

ތިނަދޫ ސިޓީގެ އޮޑިވަޅުގެ ސަރަޙައްދުކަމުގައި ކަނޑައަޅާފައިވާ އިމުން ބޭރުގައި ހުއްދަ ހޯދުމަކާނުލައި ޤަވާޢިދާއި ޚިލާފަށް އެހެލާފައިވާ އުޅަނދުފަހަރާއި ތަކެތީގެ މިލްކުވެރިކަމާމެދު ދަޢުވާއެއް ނުވަތަ ޙައްޤެއް އޮތް ފަރާތެއްވާނަމަ، 19 ނޮވެމްބަރ 2026ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ލިޔުމުން އަންގަވައިދެއްވުން އެދެމެވެ.  

ދެންނެވުނު މުއްދަތަށްފަހު، އެބިމުގައި ހުންނަ އުޅަނދުފަހަރާއި ތަކެއްޗާމެދު ދަޢުވާއެއް ނުވަތަ ޙައްޤެއް އޮތް ފަރާތެއް ނެތްކަމަށްބަލައި ޤަވާޢިދު R-199/2014 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު)ގައިވާ ގޮތުގެ މަތިން އެތަކެތި ނެގުމާއި، ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 ނޮވެންބަރު 2026