ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384/384/2026/63
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 30 ނޮވެންބަރު 2026 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ގެ ދިރާސީ އަހަރު ޕްރީސްކޫލަށް ކުދިން ވެއްދުމާއިގުޅޭ

       ޕްރީސްކޫލްގެ ކިޔެވުން 17 ޖަނަވަރީ 2027 ގައި ފެށުމަށް ނިންމާފައިވާތީ، ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާތައް ބަލާނީ ތިރީގައި މިވާ ގޮތަށެވެ.

ގްރޭޑް

2027 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާ

ބޭބީ ނާސަރީ

2026 ޑިސެމްބަރު 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2026 ޑިސެމްބަރު 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން

       ވީމާ، 2027 ވަނަ އަހަރު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ސްކޫލަށް ވައްދަން އެދޭ ފޯމް ފުރުއްވައި 30 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުޅަހެޅުންވުން އެދެމެވެ. މިކަމަށްއެދޭ ފޯމް ރަސްމީގަޑީގައި މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ނޮވެންބަރު 2026