ދިވެހިރާއްޖެ
މި ކޮމިޓީ އާއި ޕްރޮގްރެސް ޓު އަ ޤުރްއާނިކް ލައިފްސްޓައިލް ގުޅިގެން ހިންގާ " ޤުރްއާން ތިލާވަތު ވަ ތަޖުވީދު ވެބިނަރ 2026 " ނޮވެމްބަރ މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ވެބިނަރގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 150.00 ( އެއްސަތޭކަ ފަންސާސް ) ރުފިޔާގެ ފީއެއް ވެބިނަރ ހިންގާ ފަރާތަށް ދައްކަން ޖެހޭނެއެވެ. އަދި ވެބިނަރގެ 14 ގަޑިއިރު ފުރިހަމަކުރާ ބައިވެރިންނަށް ހދ. ވައިކަރދޫ އ.ތ.މ ކޮމެޓީގެ ފަރާތުންދޭ 100.00 ( އެއްސަތޭކަ ) ރުފިޔާގެ ފައިސާގެ އިނާމަކާއި ވެބިނަރ ހިންގާ ފަރާތުން ދޭ ޤުރްއާން ތިލާވަތު ވަ ތަޖުވީދު ވެބިނާ 2026 ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވެބިނާރ ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ނޮވެންބަރ 2026 އިން ފެށިގެން 7 ދުވަހުގެ މުއްދަތަކަށެވެ.
ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރގެ ތަފްސީލު
އަމާޒު ކުރެވޭ އުމުރުފުރާ: ޤުރުއާނަށް ޝައުގުވެރިކަން ހުންނަ 13 އަހަރުން މަތީގެ ކޮންމެ ފަރާތެއް (އަންހެން އަދި ފިރިހެން)
ވެބިނާރގެ ޖުމްލަ ވަގުތު: 14 ގަޑިއިރު
ތާރީޚާއި ގަޑި: ނޮވެންބަރ 15 – ނޮވެންބަރ 21 / ރޭގަނޑު 7:45 – 9:45
މާހައުލު: އޮންލައިން (ގޫގުލް މީޓް މެދުވެރިކޮށް)
ބައިވެރިވުމުގެ ފީ: 150 ރުފިޔާ
ވެބިނާރ ނިންމިކަމުގެ ހަނދާނީ ސެޓިފިކެޓު ކޮންމެ ބައިވެރިޔަކަށްވެސް ލިބިގެންދާނެއެވެ. ވެބިނާރ ކުރިޔަށްދާ 14 ގަޑިއިރުގެ ތެރޭގައި ރާވާލައިގެން ގިނަ ބައިތަކެއް އުނގަންނައިދީ ފޯރުކޮށްދެވޭތީ ވަކިވަކިން އެއްވެސް ބައިވެރިޔަކަށް ޤުރްއާން ކިޔަވަން ފުރުސަތު ނޯންނާނެކަމާއި ވެބިނާރ ނިމުމުން ކޮންމެ ބައިވެރިއެއްގެވެސް ޤުރްއާން ކިޔެވުމުގެ ރިކޯޑިންއެއް ފޮނުވުމާއި ވަކިވަކި ކިޔެވުންތަކަށް ބިނާކުރަނިވި ފީޑްބެކް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.
ވެބިނާރގައި ފޯރުކޮށްދޭނެ މައިގަނޑު ބައިތައް:
|
ޤުރުއާން ތަޖުވީދުގެ ޢާއްމު އެންމެހާ ޙުކުމްތަކެއް |
|
ޤިރާއަތްތަކާއި މަޤާމާތުތައް |
|
ތިލާވާ ކުރުމުގައި ގުންގުޅެންވާ މުހިއްމު އުސްލޫބުތައް |
|
ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުވުމާއި،ހިފްޒުކުރުމަށް ހަރުދަނާ އުސޫލުތަކާއި މަގުތައް އުނގަންނައިދުނުން |
|
ރިވާޔާ ހަފްޞް ޢަން ޢާޞިމްގެ ޝާތްބީ ތަރީޤުގެ މުހިއްމު އެންމެހާ ހުކުމްތައް |
|
ޤުރުއާން ތަދައްބުރުކުރުމާއި ޤުރުއާނުގެ ޢިލްމަށް ސަމާލުކަންދިނުން |
ވީމާ، މި ޕުރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ހުރިހާ ފަރާތްތަކުން 05 ނޮވެންބަރުން ފެށިގެން 12 ނޮވެންބަރު 2026 ގެ 12:00 ގެ ކުރިން އެކަމަށް ޚާއްސަ ގޫގުލް ފޯމު ފުރުއްވުން އެދެމެވެ.
ބައިވެރިންގެ ގޫގުލް ފޯމުގެ ލިންކުގެ ކިއު.އާރު ކޯޑު