ދިވެހިރާއްޖެ
މިކައުންސިލްގެ 2 ދޯނި ސިޓީލާ ނީލަމުގައި ވިއްކާލުން
މާލެއަތޮޅު ހުރާ ކައުންސިލްގެ ތިރީގައި މިދަންނަވާ 2 ދޯނި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުން ވެއެވެ. ނީލަމުގައި ބައިވެރިވެ ލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން އެ އުޅަނދެއް ގަތުމަށް ބޭނުންވާ އަގު މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ (FRM-NL-001، FRM-NL-002) ފޯރމުން ކައުންޓަރުގައި ހުންނަ ފޮށްޓަށް ހުށައަޅަން ވާނެއެވެ. ނީލަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާނީ 05 ނޮވެމްބަރ 2026 ވަނަ ދުވަހުން ފެށިގެންނެވެ. ގަތުމަށް ބޭނުންވާ ދޯންޏަށް ހުށައަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި ހުށައެޅި އެންމެ މަތީ އަގު އެގޭގޮތަށް މިކައުންސިލްގެ ނޯޓިސްބޯރޑު ގައި އަދި ކައުންސިލްގެ ފޭސްބޫކް ޕޭޖް ގަޔާއި ހުރާ ކައުންސިލްގެ ވައިބަރ ކޮމިއުނިޓީ ގްރޫޕް ގައި ޢާންމު ކުރެވޭނެއެވެ. މިދޯނިތައް ގަތުމަށް އަގު ހުށައަޅާ ފަރާތްތަކުން ހުށައަޅާފައިވާ އަގު ޖެހިޖެހިގެން 2 ދުވަހު އޮވެއްޖެނަމަ އެއަގު ހުށައެޅި ފަރާތްތަކަށް ނީލަން ނިންމާ ލެވޭނެއެވެ.
|
ރިފަރެންސް ނަމްބަރ |
އުޅަދުގެ ނަން |
ރަޖިސްޓްރީ ނަމްބަރ: |
ނީލަން ފެށޭ އަގު |
ނީލަމުގައި ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑައަގު |
|
2026/01 |
ދިރާސާ |
G4238A-04 05-H |
275000.00 (ދެލައްކަ ހަތްދި ހަފަސް ހާސް ރުފިޔާ) |
5000.00 (ފަސްހާސްރުފިޔާ) |
|
2026/02 |
ދިރާސާ 3 |
G3188B-02 05-H |
100000.00 (އެއްލައްކަ ރުފިޔާ) |
5،000.00 (ފަސްހާސްރުފިޔާ) |
މި އުޅަނދުތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ފެށުމުގެ ކުރިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 13:00 އަށް ކައުންސިލަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިއިޢްލާނާއި އެކު ސިޓީލާ ނީލަމުގެ ގައިޑްލައިނާ، އަގުހުށަހަޅާ ސިޓީ އަދި ނީލަންކިޔާ ތަކެތީގެ ފޮޓޯ ހިމެނިފައިވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.
24 ޖުމާދިލްއޫލާ 1448