ދެންނެވުން
ނަންބަރު: (IUL)291/291/2026/43
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 08 ނޮވެންބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅޮހި ކުޑަކުދިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ:

އިޢުލާން

 

ޅޮހި ކުޑަކުދިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ:

 

            ކުޑަކުދިންގެ ޕާރކް އަދި އިސްރައްވެހިންގެ ހިޔާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އަރާ ރުއްގަހުގެ ވެރިން  ހޯދުމަށް ބޭނުންވެއެވެ.

                ވީމާ، " މިލާނޯ" ގޯތީގެ އުތުރަށް، އަދި "އިރުމަތީގޭގެ" އިރަށް އޮތް ވާގަނޑުގައި ހުރި ރުއްގަހުގެ ވެރިން 2026 ނޮވެމްބަރ 08 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ޖަހާފައިވާ ނަންބަރު އަދި ވެރިފަރާތް އެނގޭނެގޮތައް މިއިދާރާއަށް އަންގަވައިދެއްވުމަށް ދަންނަވަމެވެ.

                އަދި، މިމުއްދަތުގެ ފަހުން ރުއްގަސް ނަގައި ބިން ސާފްކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ދެންނެވީމެވެ. އަދި މިމުއްދަތުގެ ފަހުން ރުއްގަހާއި ގުޅިގެން ދިމާވާ މައްސަލަތަކުގައި މިކައުންސިލުން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

                 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

05 ނޮވެންބަރު 2026