ދިވެހިރާއްޖެ
ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ތަރިކައިގެ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ތަރިކަވެރީން އުފެއްދުމުގެ މަސައްކަތް ރަށު ކައުންސިލްތަކާ ގުޅިގެން މިހާރު ވަނީ ފެށިފައެވެ.
މި މަޝްރޫޢު އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން، އެމް.ކިއު.އޭ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ޚާއްޞަ ކޯހެއް ފެށުމަށް މިވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައް ކަމުގައިވާ:
- ދިވެހިންގެ ހަނދާންތައް އެއްކުރުން
- ރައްވެހި އާސާރު އުފެއްދުން އަދި އެކަންކަމަށް އަހުލުވެރިކުރުވުން ހިމެނޭހެން ޙާއްސަ މޮޑިއުލްތަކެއް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2027 ގައެވެ. އަދި މި އިންޓޭކުގައި ފިނޭ އިން 03 (ތިނެއް) ބައިވެރިންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަކުރައްވައި ހުށަހެޅުއްވުން އެދެމެވެ.
ފޯމް ލިންކް: https://forms.gle/d6qLts8Ru6UYZbwq9