ދިވެހިރާއްޖެ
އިޢުލާން
މުންޑޫ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.
2027 ޖަނަވަރީ 01 އިން 2027 ޑިސެމްބަރ މަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 2027 ޖަނަވަރީ 01 އިން 2027 ޑިސެމްބަރ މަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެހަށް ([email protected] ) ފޮނުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.
05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ތަފްސީލް |
ގަޑި |
ތަން |
|
12 ނޮވެމްބަރ 2026 |
ބުރާސްފަތި |
މަޢުލޫމާތު ސާފްކުރުން |
11:00ހެނދުނު |
ލ. މުންޑޫ ސުކޫލް |
|
15 ނޮވެމްބަރ 2026 |
އާދީއްތަ |
އަންދާސީ ހިސާބްހުށަހެޅުން |
12:00މެންދުރު |
ލ. މުންޑޫ ސުކޫލް |
- މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
- ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި 7532152 އަށް 05 ނޮވެމްބަރ 2026 އިން 10 ޑިސެމްބަރ 2025 އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.