ދިވެހިރާއްޖެ
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން |
ނަންބަރު:(IUL)195-C/195/2026/48 |
|
|
ތާރީޚް: 04 ނޮވެންބަރު 2026 |
||
|
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލަމެވެ. |
||
|
މަޤާމު |
ފަނޑިޔާރު |
|
|
ކޯޓު |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |
|
|
ފަނޑިޔާރުން ބޭނުންވާ އަދަދު |
1 (އެކެއް) |
|
|
މުސާރަޔާއި ޢިނާޔަތްތައް |
||
|
އަސާސީ މުސާރަ (މަހަކު) |
59,700.00 ރުފިޔާ |
|
|
ލިވިންގ އެލަވަންސް (މަހަކު) |
25,000.00 ރުފިޔާ |
|
|
ރިސްކް އެލަވަންސް (މަހަކު) |
3,300.00 ރުފިޔާ |
|
|
އެހެނިހެން ޢިނާޔަތްތައް |
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
|
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
|
||
|
އަޚްލާޤާއި ސުލޫކު |
|
|
|
ޢުމުރު |
ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން |
|
|
ތަޢުލީމް |
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން |
|
|
ތަޖުރިބާ |
ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. |
|
|
ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި |
ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. |
|
|
ސުންގަޑި |
އެޕްލިކޭޝަން ހުށަހަޅުއްވާނީ 08 ނޮވެންބަރު 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން (08 ނޮވެންބަރު 2026 ވަނަ ދުވަހުގެ ހެނދުނު 10:00) މި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެވެ.
ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. |
|
|
ޤާނޫނު / ގަވާއިދު |
މި އިޢުލާންގައިވާ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމުގައި ޢަމަލުކުރާނީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އާއި އަދި ގަވާއިދު ނަންބަރު: 2026/R-40 "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤާނޫނާއި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓުން ލިބޭނެއެވެ. |
|
|
އިތުރު މަޢުލޫމާތު |
- މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. - ފަނޑިޔާރުކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ ރިސެޕްޝަން ކައުންޓަރއިން ލިބޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |
|