މަސައްކަތް
ނަންބަރު: 618-A/2026/07
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 16 ނޮވެންބަރު 2026 11:00
ފެލިދެއަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓަށް ޕަބްލިކް ފެންހޮޅިއާއި ނަރުދަމާހޮޅި ގުޅުމުގެ މަސައްކަތް

     މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓަށް ޕަބްލިކް ފެންހޮޅިއާއި ނަރުދަމާހޮޅި ގުޅުމުގެ މަސައްކަތްއަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓްގެ ނަންބަރ:  618-A/2024/04 (25 އޮކްޓޯބަރ 2025) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވެފައި، އެފަރާތުން ހުށަހެޅި އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް، އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

މި މައްސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމް އީމެލް ކުރާނީ 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.

     ބީލަން ހުށަހަޅާނީ 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

     މި މަސައްކަތުގެ މަޢުލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމް އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

     ބީލަން ހުށަހަޅަން އޮންނަ ގަޑިގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބަރިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

04 ނޮވެންބަރު 2026