މުބާރާތް
ނަންބަރު: (IUL)388-PLN/388/2026/123
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 12 ނޮވެންބަރު 2026 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ އ.ތ.މ ކޮމެޓީގެ މަދަޙަ މުބާރާތް 1448

                           ކޮޅުމަޑުލު ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށްގެން ވަންދޫގެ ދެޖިންސަށް އަމާޒުކޮށްގެން މަދަހަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުއެވެ. އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 12 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ބައިވެރިވެވޭ އުމުރުފުރާތަކަކީ:

4 އަހަރުން ދަށް

15 އަހަރުން ދަށް

6 އަހަރުން ދަށް

18 އަހަރުން ދަށް

8 އަހަރުން ދަށް

18 އަހަރުން މަތި

11 އަހަރުން ދަށް

 

 

                  މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއެކު ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓުންނާއި ސަރުކާރު ބަންދުނޫން ކޮންމު ދުވަހެއްގެ 09:30 ން 13:00 އާއި ދެމެދު ވަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު ގެޒެޓުން ލިބެން ހުންނާނެއެވެ.

             16 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ހުށަހަޅައިދޭ މަދަހައިގެ ހާޑްކޮޕީ މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅައިދޭ މަދަހައަކީ އަމިއްލަ ރާގެއްގެ މަދަހައެއްނަމަ އެކަން އެނގޭގޮތަށް، ހާޑްކޮޕީގައި ލިޔެފައި އޮންނަންވާނެއެވެ.

                 އިތުރު މަޢުލޫމާތު ހޯދުމަށް 9660039 ނުވަތަ 6780762 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ނޮވެންބަރު 2026