މަސައްކަތް
ނަންބަރު: 567-A/2026/20
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 17 ނޮވެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ޕޯޓިކޯ މަރާމާތުކުރުމާ ގުޅޭ

މިކޯޓުގެ ޕޯޓިކޯ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2026 ދުވަހުގެ 13:00 އަށް  ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަންވާނީ، މިކޯޓުން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 05 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 10 ނޮވެންބަރު 2026 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 8:00 އާއި މެންދުރު 13:00 އާއި ދެމެދު ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.

           މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން، 17 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި  ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.

           މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 10 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާނަމަ، މަޢުލޫމާތު ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމުގައި ދެންނެވީމެވެ.

          މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން  6580268 އަށް އަދި 7369195 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2026