މަސައްކަތް
ނަންބަރު: IUL-D/423/2016/14
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 08 މާރިޗު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސްޕޯޓްސް އެރީނާ ޕްރެޖެކްޓުގެ ދަށުން ފަރެސްމާތޮޑާގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލް އިދާރާއިން ކޮށްފައިވާ IUL-D/423/2016/09 އިޢުލާނުގައި ލިޔުމުގެ ކުށެއްވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މާރިޗު 2016 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކައުންސިލް އިދާރާއިން ދޫކުރެވޭ ބީއޯ ކިއު އާއި ކުރެހުންތަކުގެ މައްޗަށް ބިނާކޮށް 16 މާރިޗު 2016 ވަނަދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ނެޓްބޯޅަކޯޓު ހެދުމުގެ މަސައްކަތް ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016