މަސައްކަތް
ނަންބަރު: GS 33/2016/09
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 15 މާރިޗު 2016 11:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކަރަންޓް ވިއުގަ ބަދަލުކުރުމާބެހޭ

އިޢުލާން

މިމަދަރުސާގެ ކަރަންޓް ވިއުގަ ބަދަލުކުރުމާބެހޭ

އަމިއްލަ ތަކެތީގައި، މިމަދަރުސާގެ ކަރަންޓް ވިއުގަ ތްރީފޭސްއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ، ތްރީފޭސް ކޭބަލް އެޅުމާއި، ބޯޑު އެޅުމާއި، ޢިމާރާތްތައް މީޓަރު ބޯޑާ ގުޅުމަށް ކޭބަލް އެޅުމާއި، މީޓަރު ބޯޑާ ގުޅުން ފަދަ މަސައްކަތްތަކެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން.

22 މާރިޗު 2016 ވަނަ ދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހަޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނީ ތިރީގައިވާ ގޮތަށެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • މަސައްކަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިމަދަރުސާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark price/submitted price) x Allocated percentage

މުއްދަތު

15%
  • ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިމަދަރުސާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark Period/submitted Period) x Allocated percentage

ތަޖުރިބާއާއި، ފަންނީ ގާބިލުކަން

10%
  • މަސައްކަތުގެ ތަޖުރިބާއާއި، ޤާބިލުކަން މިންވަރު ބަލާނީ ހުށަހަޅާފައިވާ ލިޔުންތަކަށާއި، އަދި ކޮށް ނިންމާފައިވާ ޕްރޮޖެކްޓްތަކާ ގުޅޭ ލިޔުންތަކަށް ބަލައިގެންނެވެ.

 

މާލީ ތަނަވަސްކަން

5%

  • ބޭންކް ސްޓޭޓްމަންޓެއް ނުވަތަ ސަރުކާރުން ގަބޫލުކުރާ އެއްމަސްދުވަސް ހަމަނުވާ ލިޔުމެއް.

 

# އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

√ މިމަދަރުސާއިން ދޫކުރި އަންދާސީހިސާބު ހުށަހެޅުއްވާ ފަރާތްތަކުގެ ފުރިހަމަކޮށްފައިވާ މަޢުލޫމާތު ފޯމު

√ އަމިއްލަ ފަރާތެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

√ ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ

√ ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އަދި ރަޖިސްޓްރޭޝަނުގެ ކޮޕީ

√ މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ނިންމިކަމުގެ ލިޔުމުގެ ކޮޕީ

√ ބޭންކް ސްޓޭޓްމަންޓެއް ނުވަތަ ސަރުކާރުން ޤާބޫލުކުރާ އެއްމަސްދުވަސް ހަމަނުވާ ލިޔުމެއް

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:  ފޯން ނަންބަރު 6600034 ނުވަތަ 9659595
01 މާރިޗު 2016