މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/24
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 14 މާރިޗު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ގދ.ގައްދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓްސް ފަރުމާކޮށް ޤާއިމުކުރުން

ޕްރޮޖެކްޓް ނަންބަރު: TES/2016/W-023

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގދ.ގައްދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓްސް ފަރުމާކޮށް ޤާއިމުކުރުން

 1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ބަޖެޓްގައި ކަނޑައެޅިފައިވާ ގދ.ގައްދުއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ރިވެޓްމަންޓްސް އަދި އެއާ ގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13-K1/13/2016/18) އިޢުލާނުގައިވާ ލިޔުމުގެ ކުށެއްގެ ސަބަބުން އެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 2. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ތަފުސީލު

ޕެކޭޖަށް ކަނޑައެޅިފައިވާ އަދަދު

ބިޑް ސެކިއުރިޓީ (ރުފިޔާ)

މަދުވެގެން 5 އަހަރުދުވަހުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ޓާންއޯވަރ (ރުފިޔާ)

މަދުވެގެން ކޭޝްފުލޯރ ހުންނަންޖެހޭވަރު (ރުފިޔާ)

ގދ.ގައްދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގޮތުން ރިވެޓްމަންޓްސް ފަރުމާކޮށް ޤާއިމު ކުރުން.

މިބާވަތުގެ މަސައްކަތެއް ކޮށްފައިވުން. -/20,000,000 ރުފިޔާގެ

-/20,000,000 ރުފިޔާ

-/150,000 ރުފިޔާ

 3. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

  HC01-1 އަދި HC01-2

 4. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2 މާރިޗު 2016 އިން 14 މާރިޗު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

 6. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/150,000ރ (ސަތޭކަ ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 7. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި، މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

 8. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349107  3349106

   ފެކްސް: 3320706  3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

 10. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

02 މާރިޗު 2016