މަސައްކަތް
ނަންބަރު: 198-E/2016/27
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 09 މާރިޗު 2016 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވޭން މަރާމާތުކޮށް ރަނިންގކޮންޑިޝަނަށް ގެނެސްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ޑިޕާޓްމަންޓުގެ ބެލުމުގެދަށުގައިއޮތް Toyota Voxy ވޭނެއް މަރާމާތުކުރުމަށް ބޭނުންވާތީ، އެ ވޭން މަރާމާތުކޮށް ރަނިންކޮންޑިޝަނަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ދެންނެވި ވޭނަކީ ސްޓާޓް ކުރެވޭ ވޭނެކެވެ. ނަމަވެސް ސްޕީޑް ނުލިބޭތީ އެ މައްސަލަ ޙައްލުކުރުމާއި، ބެޓްރީ ބަދަލުކުރުމާއި ފެން ނުވަންނަގޮތަށް ބޮޑީ މަރާމާތުކުރުމާއި މިރަރސެޓް ހަމަކުރުމަށް ބޭނުންވެއެވެ. ވޭން ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 09 މާރިޗު 2016 ވަނަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ހާޒިރުވުން އެދެމެވެ.

މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 10 މާރިޗު 2016 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން މަރާމާތުގެ ތަފުސީލާއި އެކަންކަމަށް ދާނެ ޚަރަދު އެނގޭގޮތަށް އަންދާސީހިސާބު ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 14 މާރިޗު 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

22 ޖުމާދަލްއޫލާ 1437

02 މާރިޗު 2016