މަސައްކަތް
ނަންބަރު: GS168/IUL/2016/017
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 14 މާރިޗު 2016 13:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ކުރީގެ ބޯޅަދަނޑުގެ އިންވަކިކުރުމަށް ފާރު ރާނައި ސިމެންތިޖަހާނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ނަންބަރު:GS168/IUL/2016/008 އިޢުލާނާ ގުޅިގެން އެމަސައްކަތަށް ކުތިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރީގެ ބޯޅަދަނޑުގެ ބިމުން މި ސްކޫލުގެ ގޯއްޗަށް އިތުރުކުރެވުނު ބައިގެ އިން ވަކިކުރުމަށް ފާރު ރާނައި ސިމެންތިޖަހާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލް އޮފީސް

14 މާރިޗު 2016

ހޯމަ

13:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލް އޮފީސް

17 މާރިޗު 2016

ބުރާސްފަތި

13:00

މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

03 މާރިޗު 2016