ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު:(IUL)262/262/2026/58
ޓުއަރިޒަމް ޒޯނަށްދާ މަގު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް
ހދ.ނޮޅިވަރަންފަރު ޓުއަރިޒަމް ޒޯނަށްދާ މަގު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި އިއުލާނާއި އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 12 ނޮވެމްބަރ 2026 (ބުރާސްފަތި) ގެ 10:00އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.cloud.microsoft/r/mLqXN9Gci4
ޕްރީ ބިޑް މީޓިން ތާރީޚް: : 10 ނޮވެމްބަރ 2026 (އަންގާރަ) ގެ 10:00އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި
އަންދާސީ ހިސާބު ހުށަހެޅުން: 16 ނޮވެމްބަރ 2026 (ހޯމަ) 10:00އަށް
އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 12 ނޮވެމްބަރ 2026 (ބުރާސްފަތި) ގެ 14:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.